ކުރީގެ ރައީސް މައުމޫނު އަބްދުލްގައްޔޫމް މާފުށީ ޖަލަށް ބަދަލުކޮށްފިއެވެ.
ފެބުރުއަރީ މަހުގެ އެއްވަނަ ދުވަހު ސްޕްރީމް ކޯޓުން ނެރުނު އަމުރާއި ގުޅިގެން ސަރުކާރު ވައްޓާލަން އުޅުނު ކަމުގެ ތުހުމަތުގައި ރައީސް މައުމޫނު ހައްޔަރުކޮށްފައިވާއިރު އެމަނިކުފާނު ބަންދުގައި ބަހައްޓާފައިވަނީ ދޫނިދޫ ޖަލުގައެވެ. ރައީސް މައުމޫނުގެ ވަކީލުން ވިދާޅުވާ ގޮތުގައި އެމަނިކުފާނު މާފުށީ ޖަލަށް ބަދަލުކޮށްފައިވަނީ މިއަދުޔ މެންދުރުއެވެ.
ރައީސް މައުމޫނު މާފުށީީ ޖަލަށް ބަދަލުކޮށްފައި މިވަނީ އެއް އަހަރާއި ހަތް މަހާއި ހަ ދުވަހަށް އެމަނިކުފާނު ޖަލަށް ލާން ހުކުމް ކުރި ފަހުންނެވެ. ހުކުމް ކުރުމާ ހަމަައށް އެމަނިކުފާނު ބަހައްޓާފައިވަނީ ދޫނިދޫ ޖަލުގައެވެ.
ރައީސް މައުމޫން ޖަލަށްލުމަށް ހުކުމް އިއްވާފައިވަނީ ފުލުހުންގެ ތަހުގީގަށް ފޯނު ނުދިން މައްސަލާގައި އަދުލު އިންސާފު ގާއިމު ކުރުމަށް ހުރަސް އެޅުމުގެ ދައުވާގައެވެ. އެ ދައުވާ އެމަނިކުފާނުގެ އިތުރުން އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ފަނޑިޔާރު އަލީ ހަމީދަށް ވެސް ކޮށްފައިވެއެވެ.
މިއީ ރައީސް މައުމޫނަށް އިއްވ ފުރަތަމަ ހުކުމެވެ. އެމަނިކުފާނަށް އިއްވި ހުކުމާ ދެކޮޅަށް އިންޑިއާއިން ވަނީ ބަޔާނެއް ނެރެފައެވެ. އަދި އިނގިރޭސި އެެމްބެސެޑަރާއި އެމެރިކާއިން ކަނދައަޅާފައި ހުންނަ އެމްބެސެޑަރު ވެސް ވަނީ ކަންބޮޑުވުން ފާޅު ކުރައްވާފައެވެ.
ރައީސް މައުމޫން މާފުށީ ޖަލަށް ބަދަލުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ