ޕީޕީއެމްގެ ކެމްޕެއިން ޓީމުތައް ހދ ކ، އަދި ގދ އަތޮޅުގެ ރައްޔިތުންނާއި ބަދަލުކޮށްފިއެވެ. ޕީޕީއެމްގެ ލީޑާރޝިޕްގެ ބޭފުޅުން ހިމެނޭ ގޮތައް ރާއްޖޭގެ އެކި އަތޮޅުތަކުގެ ރައްޔިތުންނާ ވަނީ ބައްދަލުކޮށްފައެވެ. ހދ އަތޮޅުގައި ހަރަކާތްތެރިވާ ޕީޕީއެމްގެ ވަފްދު 7 ޓީމަކަށް ބަހާލައިގެން ރައްޔިތުންނާ ބައްދަލުކުރައްވަމުން ގެންދަވާއިރު، ކޮންމެ ޓީމަކުން މަދުވެގެން އެއް ރަށަށް ދިޔުމަށް ވަނީ ހަމަޖެހިފައެއެވެ. ޗެނަލް 13 އަށް މަޢުލޫމާތު ދެއްވަމުން ނައިފަރު ދާއިރާގެ މެމްބަރު އަހްމަދު ޝިޔާމް ވިދާޅުވީ، ޝިޔާމް އާއި އެކު ދަތުރު ކުރައްވަމުން ގެންދަވާ ޓީމުން، ހދ. ހިރިމަރަދޫ، ނެއްލައިދޫ އަދި ނައިވާދޫ ގެ ރައްޔިތުންނާއި ބައްދަލު ކުރެއްވުމަށް ހަމަޖެހިފައިވާކަމަށެވެ. މީގެއިތުރުން، އެ ޓީމުން ހއ. ބާރަށަށް ދަތުރުކޮށް އެރަށުގެ ރައްޔިތުންނާއި ބަދަލުކޮށް އެ ފަރާތްތަކުގެ ހާލަތު ބައްލައްވާފައިވާ ކަމަށް ޝިޔާމް ވިދާޅުވިއެވެ. ދަތުރާއި ގުޅޭގޮތުން ޝިޔާމް ވިދާޅުވީ، ރޯދަ މަހާއި ދިމާކޮށް ޕީޕިއެމްގެ ޓީމުތަކުން އަތޮޅުތަކަށް ދަތުރު ކުރަނީ ރޯދަ މަހުގެ ތެރޭގައި ރައްޔިތުންގެ ހާލު ބެއްލެއްވުމަށާއި ރައްޔިތުންގެ ވާހަކަތައް އަޑު އެހުމަށް ކަމަށެވެ. މީގެއިތުރުން މި ދަތުރުތަކަކީ ކެމްޕެއިން ޖަލްސާތަކެއް ނުބާއްވާ، ގޭބީސީ ތަކަށް ޒިޔާރަތް ކުރުމުގެ މަޤްސަދުގައި ކުރައްވާ ދަތުރު ތަކެއްކަން ޝިޔާމް ފާހަގަކުރެއްވިއެވެ. ޝިޔާމް އިތުރަށް ވިދާޅުވީ މި ޓީމުތަކުން ރައްޔިތުންނާ ބައްދަލުކޮށް ރައްޔިތުންގެ ތާއީދު ރައީސް ޔާމީނަށް ހުރި ގޮތާއި، އެ ރައްޔިތުން ބޭނުންވާ ތަރައްޤީއަކީ ކޮބައިކަން އޮޅުންފިލުވާފައިވާކަމަށެވެ.
ޕީޕީއެމްގެ ވަފްދް އަތޮޅު ތެރެޔަށް ކުރައްވާ ދަތުރުގެ ތެރެއިން
ޝިޔާމް ވިދާޅުވީ ރައްޔިތުންގެ ވިސްނުން ހުރީ ވަރަށް ޕޮޒިޓިވްކޮށް ކަމަށް. ޝިޔާމް ވިދާޅުވީ މި ރަށްތަކަކީ މާލެ އާއި ދުރުގައި އޮތް ރަށްތަކެއް ކަމަށްވާތީ މީގެކުރިން އެއްވެސް ވަރަކަށް ތަރައްޤީވެފައި ނުވާ ރަށްތަކެއް ކަމަށެވެ. އެހެން ނަމަވެސް ރައީސް ޔާމީންގެ ތަރައްޤީގެ ޗާޓުގައި އެ ރަށްތައް ހިމަނާ އެ ރަށްތަކުގެ ރައްޔިތުނާއި ހަމަޔަށް ތަރައްޤީ ގެނެސްދެއްވާފައިވާތީ އެކަމަށް އެ ރައްޔިތުން ޝުކުރުވެރިވާކަމަށް ޝިޔާމް ވިދާޅުވިއެވެ.މީގެއިތުރުން ރައީސް ޔާމީން ދީނާއި ޤައުމަށްޓަކައި ވެވަޑައިގަންނަވާ ޤުރުބާނީއާއި، އިސްލާމް ދީން ހިމާޔަތް ކުރައްވަން އެމަނިކުފާން ކުރައްވާ ކަންކަން ޤަބޫލްކޮށް އެކަމަށް ތާއީދް ކުރާކަމަށެވެ. ހދ އަތޮޅަށް ޕީޕީއެމްގެ ޓީމުތަކުން ކުރައްވާ ދަތުރު ތަކުގައި، ޕީޕީއެމްގެ ނައިބް ރައީސް އަބްދުއްރަހީމް އަބްދުﷲ އާއި، ފަރެސްމާތޮޑާ ދާއިރާގެ މެމްބަރު ހުސެން މުހައްމަދު ލަތީފާއި ޕީޕީއެމްގެ ނައިބް ރައީސް މޫސާ ޒަމީރު، ސްޓޭޓް މިނިސްޓަރ ހުސެން ވަހީދު ، ބާރަށު ދާއިރާ މެމްބަރު އިބްރާހިމް ސުޖާއު، އުނގޫފާރު ދާއިރާ މެމްބަރު ޖައުފަރު ދާއޫދު، ވިލުފުށި ދާއިރާ މެމްބަރު ރިޔާޒް ރަޝީދު، އިސްލާމިކް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ އަބްދުލް ގަފޫރް އަދި ހޯމް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ މޫސާ ފަތުހީ ބައިވެރިވަޑައިގަންނަވައެވެ.
ޕީޕީއެމްގެ ވަފްދް އަތޮޅު ތެރެޔަށް ކުރައްވާ ދަތުރުގެ ތެރެއިން
ލަޔާލް މަނިކް
0%
0%
0%
0%
ކޮމެންޓް ޝާއިރު ނުކުރެވުނު.
×
×
ހިޔާލު ފާޅުކުރައްވާ
އެންމެ ފަހުގެ
އެންމެ މަގްބޫލު
ފްލެޓް ދިނުމުގައި ކޮރަޕްޝަން ހިންގި ކަމުގެ ހެއްކެތް ނެތް: އޭސީސީ
5 މިނެޓް ކުރިން
ރައްޔިތުން ޤަބޫލްކުރާ ގޮތުން ރައީސް ޔާމީން ފިޔަވާ އިތުރު މީހަކަށް ވެރިކަމެއް ނުކުރެވޭނެ: ޝިޔާމް
5 މިނެޓް ކުރިން
ށ. އަތޮޅުގެ ޒުވާނުންނަށް ބޭނުންވާ ކުޅިވަރު ސާމާނު ޔޫތް މިނިސްޓްރީއިން ހަވާލުކޮށްދެއްވައިފި
6 މިނެޓް ކުރިން
އެއް ލަކިން ލައިސަންސްއަށް ގިނަ ޒުވާނުންގެ ޝައުގުވެރިކަން ލިބިގެންގޮސްފައިވޭ- ސީއީއޯ ގައްސާން
1 ދުވަސް ކުރިން
މަޓާޓޯ މޯލްޑިވްސް ޓްރެވަލް އެވޯޑްސްއަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި
1 ދުވަސް ކުރިން
ހުޅަނގު އައްސޭރީގެ އިތުރު ހައުސިން ޔުނިޓްތަކެއް އަޅަން އިޒްރޭލް ސަރުކާރުން ނިންމައިފި
1 ދުވަސް ކުރިން
ރައްޔިތުން ޤަބޫލްކުރާ ގޮތުން ރައީސް ޔާމީން ފިޔަވާ އިތުރު މީހަކަށް ވެރިކަމެއް ނުކުރެވޭނެ: ޝިޔާމް
5 މިނެޓް ކުރިން
ށ. އަތޮޅުގެ ޒުވާނުންނަށް ބޭނުންވާ ކުޅިވަރު ސާމާނު ޔޫތް މިނިސްޓްރީއިން ހަވާލުކޮށްދެއްވައިފި
6 މިނެޓް ކުރިން
ފްލެޓް ދިނުމުގައި ކޮރަޕްޝަން ހިންގި ކަމުގެ ހެއްކެތް ނެތް: އޭސީސީ
5 މިނެޓް ކުރިން
ގުޅުން ހުރި
ރައްޔިތުން ޤަބޫލްކުރާ ގޮތުން ރައީސް ޔާމީން ފިޔަވާ އިތުރު މީހަކަށް ވެރިކަމެއް ނުކުރެވޭނެ: ޝިޔާމް
5 މިނެޓް ކުރިން
129
0
ށ. އަތޮޅުގެ ޒުވާނުންނަށް ބޭނުންވާ ކުޅިވަރު ސާމާނު ޔޫތް މިނިސްޓްރީއިން ހަވާލުކޮށްދެއްވައިފި
6 މިނެޓް ކުރިން
26
0
އެއް ލަކިން ލައިސަންސްއަށް ގިނަ ޒުވާނުންގެ ޝައުގުވެރިކަން ލިބިގެންގޮސްފައިވޭ- ސީއީއޯ ގައްސާން
1 ދުވަސް ކުރިން
127
0
އެމްޑީޕީގެ ޕްރައިމަރީގެ ތެރެއިން 15 މީހަކު ހައްޔަރުކޮށްފައިވޭ: ފުލުހުން
1 ދުވަސް ކުރިން
33
0
ރައްޔިތުން ޤަބޫލްކުރާ ގޮތުން ރައީސް ޔާމީން ފިޔަވާ އިތުރު މީހަކަށް ވެރިކަމެއް ނުކުރެވޭނެ: ޝިޔާމް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ