ޑިވަލޮޕްމަންޓް ބޭންކުގެ ބޯޑަށް ހަތަރު ދިވެހިން އައްޔަންކޮށްފި

ރާއްޖޭގައި އުފެއްދި ފުރަތަމަ ޑިވެލޮޕްމަންޓް ބޭންކް (ޑީބީއެމް) ގެ ބޯޑަށް ހަތަރު މެމްބަރަކު އިއްޔެ އައްޔަންކޮށްފި އެވެ.ރާއްޖޭގެ ތަރައްގީގެ މަޝްރޫއުތައް ހިންގުމަށް ބޭރުގެ އިންވެސްޓްމަންޓުތައް ހޯދުމަށް މި ސަރުކާރުން އުފެެއްދި ޑީބީއެމްގެ ބޯޑަށް އާ ހަތަރު ބޭފުޅަކު އައްޔަންކުރިކަން، ޕްރައިވެޓައިޒޭޝަން ބޯޑުން މިއަދު ވަނީ އިއުލާންކޮށްފަ އެވެ.އެ ބޯޑަށް އައްޔަންކޮށްފައިވާ ބޭފުޅުންނަކީ: ހަސަން މިރާސް، މއ. މާފުނަ އަހުމަދު އަޒްޔާން ހަމީދު، މ. ލަންސިމޫގޭމައީޝާ އިބްރާހިމް، ތުކުރީތު، ދ. ކުޑަހުވަދޫއަޒްމީން ރަޝީދު، ޗަބޭލީވިލާ، ގދ. ތަރަފަންދޫރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވަޢުދުފުޅާ އެއްގޮތަށް އުފެއްދި ޑިވެލޮޕްމަންޓް ބޭންކް އޮފް މޯލްޑިވްސް ހުޅުވީ މިދިޔަ އަހަރުގެ ނޮވެމްބަރު 16 ގަ އެވެ.ޑީބީއެމް އުފެއްދުމަށް ފަހު އެތަނުގެ ސީއީއޯގެ ގޮތުގައި ހަމަޖެއްސީ، އިނގިރޭސި ރައްޔިތެއް ކަމަށްވާ ނޮއެލް ގްރެގާ ޕެޓާސަން-ޖޯންސް އެވެ. އެހެން ނަމަވެސް، އެ ބޭންކުގެ މަސައްކަތް ރަނގަޅަށް ނުފެށެނީސް އޭނާ ވަނީ މިދިޔަ މާޗް މަސް ތެރޭ މަގާމުން އިސްތިއުފާ ދެއްވައިފަ އެވެ. މުސާރަ ނުލިބިގެން ކަމަށް ބުނެ އޭނާ ވަނީ މީގެ ކުރިން މައްސަލަ ވަޒީފާޔާ ބެހޭ ޓްރައިބިއުނަލަށް ވެސް ހުށަހަޅައިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ