ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމް އާއި އެމަނިކުފާނުގެ އަނބިކަނބަލުން މިސިސް ޖޭން އިޓޯގީ ޝަންމުގަރަނަމް، ރައީސް މުހައްމަދު މުއިއްޒު އާއި އެ މަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދުގެ ޝަރަފުގައި، ފުރަމާނަ ޖާފަތެއް ދެއްވައިފި އެވެ.
ވީކިހިނެއް؟ - ރާއްޖެ އާއި ސިންގަޕޫރުގެ ސިޔާސީ ގުޅުމަށް 50 އަހަރު ފުރުމާ ގުޅިގެން، ސިންގަޕޫރުގެ ރައީސްގެ ދައުވަތަކަށް ރައީސް މުއިއްޒުގެ ދެކަނބަލުން ހަތަރު ދުވަހުގެ ފުރަމާނަ ދަތުރުފުޅަކަށް އެ ގައުމަށް ވަޑައިގަތީ އިއްޔެ އެވެ.
ތަފްސީލް - މި ދަތުރުފުޅުގެ ތެރެއިން މިއަދު ބޭއްވި ޖާފަތުގައި:
ރައީސް މުއިއްޒު އާއި ސިންގަޕޫރުގެ ރައީސް ވާހަކަ ދެއްކެވި
ރަސްމީ ފަރިއްކޮޅުގެ ކުރިން ރާއްޖެ އާއި ސިންގަޕޫރުގެ 50 އަހަރުގެ ސިޔާސީ ގުޅުން ފާހަގަކުރުމުގެ ގޮތުން ހަނދާނީ ސްޓޭމްޕެއް ދެ ގައުމުގެ ރައީސުން ނެރެދެއްވި
ރައީސްއާއެކު ސިންގަޕޫރަށް ވަޑައިގެންނެވި ދިވެހި ސަރުކާރުގެ މިނިސްޓަރުންނާއި، ސިންގަޕޫރު ސަރުކާރުގެ މިނިސްޓަރުން ވެސް މި ޖާފަތުގައި ބައިވެވެރިވަޑައިގެންނެވި
ރައީސް މުއިއްޒުގެ ވާހަކަފުޅުގައި ފާހަގަކުރެއްވީ:
އެމަނިކުފާނު ސިންގަޕޫރަށް ކުރައްވާ ފުރަތަމަ ރަސްމީ ދަތުރުފުޅުގައި އެ ގައުމުގެ ސަރުކާރާއި އެ ގައުމުގެ ރައްޔިތުން ދެއްވި މެހެމާންދާރީއަށް ޝުކުރު އަދާކުރެއްވި
މި ދަތުރުފުޅަކީ ދެ ގައުމުގެ ދެމެދު އޮތް ހާރިޖީ ގުޅުމުގެ ރަންޔޫބީލް ނުވަތަ50 އަހަރު ފުރުން ފާހަގަކުރުމަށް ބާއްވާ ދަތުރުފުޅެއްކަން
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ވާހަކަފުޅުގައި ފާހަގަކުރެއްވީ:
ރާއްޖޭގެ މަތީ ފަންތީގެ ފަތުރުވެރިކަމާއި މާލީ އަދި ވިޔަފާރީގެ ދާއިރާއިން ސިންގަޕޫރު ހޯދާފައިވާ ކާމިޔާބީތަކަކީ ދެ ގައުމުގެ ތަޖުރިބާތަކުން ކޮންމެ ގައުމަކަށް ވެސް ހާސިލްކުެވިދާނެ ކަންކަން ހުރި ކަމުގެ މިސާލުތަކެއް
ދެ ގައުމުގެ ދެމެދު ކުރިއަށް ގެންދިޔަ ރަސްމީ ވާހަކަތަކާއި ސޮއިކުރި އެއްބަސްވުންތަކުގެ ނަތީޖާތަކަށް މަރުހަބާ ވިދާޅުވި
މޫސުމީ ބަދަލުތަކަށް ހޭނުމަށް ކުރާ މަސައްކަތްތަކުގައި ގުޅިގެން މަސައްކަތް ކުރުމުގެ މުހިންމު ކަން
ރައީސްގެ ދެކަނބަލުންނަށް ސިންގަޕޫރު ރައީސްގެ ދެކަނބަލުންގެ ޖާފަތެއް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ