ރާއްޖޭގެ ތާރީޚުގައި ހިނގައިދިޔަ ހިތާމަވެރި ސުނާމީ ކާރިސާގެ ހަދާނުގައި ބިނާކޮށްފައިވާ "ސުނާމީ ބިނާ މައިޒާން" މަރާމާތަށްފަހު އާންމުންނަށް ހުޅުވާލައިފިއެވެ.
ވިރާނާވެފައިވަނިކޮށް، ސުނާމީ ބިނާ ބަންދުކުރުމަށްފަހު ބޮޑެތި ބަދަލުތަކާއެކު މަރާމާތުކޮށް ތަރައްޤީ ކުރުމުގެ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ އެމްޓީސީސީން ފަށާފައިވަނީ، ފެބުރުވަރީ މަހުގެ ތެރޭގައެވެ.
އެމްޓީސީސީން ސުނާމީ ބިނާ މަރާމާތު ކުރުމުގެ މަސައކަތް ނިންމައި އާންމުންނަށް ހުޅުވާލާފައިވާކަން ހާމަކޮށްފައިވަނީ މީސްމީޑިއާގައި މިއަދު ކުރެއްވި ޕޯސްޓެއްގައެވެ. އެމްޓީސީސީން ވިދާޅުވީ، މިހާރު އެ ސަރަޙައްދަކީ އާއިލާތަކަށާއި، ކުޑަކުދިންނަށް އަދި ދޮށީ އުމުރުގެ މީހުންނަށް ހިތްފަސޭހަކަމާއެކު ވަގުތު ހޭދަކޮށްލެވޭނެ ފަދަ އަމާން މާހައުލެއްގެ ގޮތުގައި ހަދާފައިވާ ކަމަށެވެ.
ސުނާމީ ބިނާ ހުރި ސަރަޙައްދު މަރާމާތު ކުރުމުގެ މަސައްކަތުގެ ތެރެއިން ހުޅަނގު ފަރާތުގައި ޖަހާފައިވާ ޝީޓްފައިލްތައް ހަލާކުވެ، ވެލިގަނޑު ދަމައިގަންނާތީ އެސަރަޙައްދުގައި 75 މީޓަރުގެ ޝީޓްޕައިލް ޖަހައި އައުކޮށް އެ ސަރަޙައްދުގެ ކީވޯލް މަރާމާތުކޮށް، ރައްކާތެރިކަމުގެ ގޮތުން ފެންސްވެސް ވަނީ ޖަހާފައެވެ.
ސުނާމީ ބިނާއަށް ގެނެސްފައިވާ އިތުރު ބަދަލުތަކުގެ ތެރޭގައި ސުނާމީ ބިނާ މޮނިއުމަންޓު އެ މައިޒާނުގައި އެބިނާ ހުރި ތަން ނޫން އެހެން ތަނަކަށް ވަނީ ބަދަލުކޮށްފައެވެ. އަދި ޕާކުގައި ވޯކްވޭތައް ހަދައި އިށީނދެ ތިބުމަށް ހަދާފައިވާ ތަންތަން އިތުރުކޮށް، ގިނަ އަދަދަކަށް ގަސްގަހާއި ރުއް ވަނީ އިންދާފައެވެ.
އެ ކުންފުނިން ވިދާޅުވީ، މިފަދަ ތާރީޚީ އަދި އިޖުތިމާއީ މުހިންމު ބިނާއެއް މަރާމާތު ކުރުމުގެ މަސައްކަތުގައި ބައިވެރިވުމަކީ، އެ ކުންފުންޏަށް ލިބުނު ފަޚުރެއް ކަމަށެވެ.
މަރާމާތަށްފަހު ސުނާމީ ބިނާ މައިޒާން ހުޅުވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ