ބޭސްފަރުވާގެ އެހީއަށް އެންސްޕާއިން 5 މަހުން 121މިލިއަން، މިދިޔަ މަހު 14.2 މިލިއަން ދިން
ނިމިދިޔަ މެއި މަހު، ބޭސް ފަރުވާގެ ކަންކަމުގައި އެހީ ދިނުމަށް، ނެޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ)އިން 14.2 މިލިއަން ޚަރަދުކޮށްފައިވާކަމަށް އެ އެޖެންސީން ބުނެފިއެވެ. އެންސްޕާއިން މިއަދު އާންމުކުރި ހިސާބުތަކުގައި ވަނީ، ބޭސް ކުރުމަށް ދަތިވާ މީހުންނަށް 'ބޭސް ފަރުވާގެ އެހީގެ ޕްރޮގްރާމް' މެދުވެރިކޮށް ޖުމުލަ 14.2 މިލިއަން ޚަރަދުކޮށްފައިވާ ކަމަށެވެ. އޭގެތެރޭގައި، ރާއްޖޭގައި މީހުންނަށް ފަރުވާ ކުރުމަށް އެންސްޕާއިން ޚަރަދުކޮށްފައި ވަނީ 10.3 މިލިއަން ރުފިޔާއެވެ. ރާއްޖޭން ބޭރުން މީހުންނަށް ފަރުވާ ކުރުމަށް ޚަރަދުކޮށްފައި ވަނީ، ތިން މިލިއަން ރުފިޔާ ކަމަށް އެންސްޕާއިން ވަނީ ބުނެފައެވެ. އެންސްޕާއިން ވަނީ، މި އަހަރުގެ ޖެނުއަރީ މަހުން ފެށިގެން މިދިޔަ މަހުގެ ނިޔަލަށް ބޭސްފަރުވާ ކުރި ޚަރަދު ވެސް އާންމުކޮށްފައެވެ. އެ ހިސާބުތަކުގައިވާ ގޮތުން، ނިމުނު މެއި މަހުގެ ނިޔަލަށް ބޭހަށް ޖުމުލަ ޚަރަދުކޮށްފައި ވަނީ 121 މިލިއަން ރުފިޔާއެވެ. އެއީ، ރާއްޖޭން ފަރުވާކުރުމަށް ޚަރަދުކުރި 78 މިލިއަން ރުފިޔާއާއި ރާއްޖޭން ބޭރުން ފަރުވާ ކުރުމަށް ހޭދަކުރި 43 މިލިއަން ރުފިޔާ ކަމަށް އެންސްޕާއިން ބުނެފައިވެއެވެ. އެންސްޕާގެ އިތުރަށް ބޭސްފަރުވާއަށް ޒަކާތު ފަންޑާއި ގައުމީ ސިއްހީ އިންޝުއަރެންސް ނިޒާމު، އާސަންދައިން ވެސް ހޭދަކުރެއެވެ. https://sun.mv/206297 ފިނޭންސް މިނިސްޓްރީން މިދިޔަ މެއި 18ވަނަ ދުވަހުގެ ނިޔަލަށް ތައްޔާރުކޮށްފައިވާ "ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓްސް" ގައ ވާގޮތުން އެންސްޕާއަށް މި އަހަރު ބަޖެޓުކޮށްފައިވާ 3.9 ބިލިއަން ރުފިޔާގެ ތެރެއިން 1.2 ބިލިއަން ވަނީ ބޭނުންކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ