ސިންގަޕޫރަކީ ދިވެހީން ނަމޫނާއެއް ގޮތުގައި ބަލައިގަންނަ ގައުމެއް: ރައީސް

ސިންގަޕޫރަކީ ދިވެހިން ތަރައްގީ ތަސައްވުރު ކުރުމުގައި ނަމޫނާއަކަށް ބަލާ ގައުމެއްކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.ރައީސް މުއިއްޒުގެ ދެކަނބަލުން ސިންގަޕޫރަށް މިހާރު ކުރައްވަމުން ގެންދަވާ ފުރަމާނަ ދަތުރުފުޅުގެ ތެރެއިން އެ ދެކަނބަލުންގެ ޝަރަފުގައި ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމް ދެއްވި ރަސްމީ ފަރިއްކޮޅުގެ ހަފްލާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ ބޮޑެތި ވިޔަފާރިތަކުގެ މައި ހަބަކަށް ބަދަލުވެ، ސިންގަޕޫރުން ހޯދި ކުރިއެރުންތަކާއި އާ އީޖާދުތަކަކީ ނަމޫނާއެއްގެ ގޮތުގައި ރާއްޖެ އިން ބަލާ ކަމަށެވެ. އެހެންވެ، ދެ ގައުމުގެ މުސްތަގްބަލަށް ފައިދާވާނެ ކަންކަމުގައި ގުޅިގެން ކުރިއަށް ދިއުން މުހިންމު ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ."އަޅުގަނޑުމެންގެ ކުރިއަށް ހުރި ޖީލުތަކަށް ފައިދާވާނެ ގޮތަށް މި ގުޅުން އިތުރަށް ބަދަހިކުރަން މަސައްކަތް ކުރުން މުހިންމު،" ރައީސް ވިދާޅުވި އެވެ.ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ވާހަކަފުޅުގައި، ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމުގެ މައްޗަށް ބައްލަވާލައްވައި، ދެގައުމުގެ ތަޖުރިބާތަކުން ކޮންމެ ގައުމަކަށް ހާސިލްކުރެވިދާނޭ ކަންކަމުގެ މައްޗަށް އަލިއަޅުއްވައިލެއްވި އެވެ. އެގޮތުން ރާއްޖޭގެ މަތީ ފަންތީގެ ފަތުރުވެރިކަމާއި މާލީ އަދި ވިޔަފާރީގެ ދާއިރާއިން ސިންގަޕޫރު ހޯދާފައިވާ ކާމިޔާބީތަކަކީ މީގެ ބައެއް މިސާލުކަމުގައި އެ މަނިކުފާނު ވިދާޅުވިއެވެ. އަދި، ދެ ޤައުމުގެ ދެމެދުގައި ކުރިއަށް ގެންދެވުނު ރަސްމީ ވާހަކަތަކާއި ސޮއިކުރެވުނު އެއްބަސްވުންތަކުގެ ނަތީޖާތަކަށް މަރުޙަބާ ވިދާޅުވި އެވެ.ބައިނަލްއަޤްވާމީ ލޮޅުންތަކުގެ ސަބަބުން ކުދި ޖަޒީރާ ޤައުމުތަކަށް ކުރިމަތިވާ ގޮންޖެހުންތަކުގެ މައްޗަށް އަލިއަޅުއްވާލައްވައި، ރައީސް ޝަންމުގަރަނަމް ވަނީ ބައިނަލްއަޤްވާމީ އެކި މަންސަތަކުގައި، ހާއްސަކޮށް، މޫސުމީ ވިލުންތެރިކަމާއި މޫސުމީ ބަދަލުތަކަށް ހޭނުމަށް ކުރާ މަސައްކަތްތަކުގައި، ގުޅިގެން މަސައްކަތްކުރުމުގެ މުހިންމުކަމުގެ މައްޗަށް ވާހަކަފުޅު ދައްކަވާފަ އެވެ.ރަސްމީ ފަރިއްކޮޅުގެ ކުރިން، ރާއްޖެއާއި ސިންގަޕޫރުގެ 50 އަހަރުގެ ސިޔާސީ ގުޅުން ފާހަގަކުރުމުގެ ގޮތުން، ރައީސް ޝަންމުގަރަނަމް އާއި ރައީސް ޑޮރ މުހައްމަދު މުއިއްޒު ވަނީ ހަނދާނީ ސްޓޭމްޕެއް ނެރެދެއްވާފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ