މިއަދު ވެސް ބޮޑު ބަޔަކަށް މޫސުން ގޯސް

މޫސުމާ ބެހޭ އިދާރާގެ ތަފާސްހިސާބުތައް ދައްކާ ގޮތުގައި އިއްޔެ އެންމެ ގިނައިން ވާރޭ ވެހުނީ ހއ. ކެލާ އަށެވެ. އެރަށަށް 53.3 މީޓަރުގެ ވާރޭ ވެހިފައިވެ އެވެ.
މޫސުން ގޯސްވެ ރާއްޖޭގެ ބޮޑު ބަޔަކަށް މިއަދުވެސް ވިއްސާރަ ކުރާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ލަފާކޮށްފި އެވެ.
އެ އިދާރާއިން މިއަދުގެ މޫސުން ލަފާކޮށް ބުނެފައި ވަނީ ރާއްޖޭގެ އެކި ހިސާބުތަކަށް ވިއްސާރަކޮށް ގުގުރުން އެކަށީގެންވާ ކަމަށެވެ. އަދި ބައެއް ރަށްތަކަށް ބޯކޮށް ވާރޭ ވެހުން އެކަށީގެންވާ ކަމަށެވެ.އެގޮތުން އެ އޮފީހުން މިއަދު ވަނީ ބ. އަތޮޅުން ފެށިގެން ތ. އަތޮޅަށް އަދި ހއ. އަތޮޅުން ފެށިގެން ޅ އަތޮޅަށް ހުދު ސަމާލު ވެސް ނެރެފަ އެވެ.މިއަދު ވައި ޖެހޭނީ އިރާއި އިދެކުނުން ކަމަށާއި، އުތުރާއި މެދުރާއްޖެތެރޭގެ އަތޮޅުތަކާއި ދެކުނުގައި އިރުދެކުނާއި ދެކުނުން ކަމަށް ވެސް ބުނެފައިވެ އެވެ. ވައިޖެހޭނީ ގަޑިއަކު ތިން މޭލާއި 13 މޭލާ ދެމެދުގެ ބާރު މިނެއްގަ އެވެ. މިއަދު އެކި ހިސާބުތަކަށް ވިއްސާރަ ކުރިޔަސް ކަނޑު މަޑުވާނެ ކަމަށް ލަފާކޮށްފައިވެ އެވެ.ވޭތުވެދިޔަ ދެތިން ދުވަހު ރާއްޖޭގެ އެކި ހިސާބުތަކަށް ވަނީ ވިއްސާރަކޮށްފަ އެވެ. މޫސުމާ ބެހޭ އިދާރާގެ ތަފާސްހިސާބުތައް ދައްކާ ގޮތުގައި އިއްޔެ އެންމެ ގިނައިން ވާރޭ ވެހުނީ ހއ. ކެލާ އަށެވެ. އެރަށަށް 53.3 މީޓަރުގެ ވާރޭ ވެހިފައިވެ އެވެ. އޭގެ އިތުރުން ދެން އެންމެ ބޯކޮށް ވާރޭ ވެހުނީ އއ. ތޮއްޑޫ އަދި ނ. މާފަަރަށެވެ.
މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ