މަސްޖިދުއްނަބަވީގެ އިމާމު، ރައީސްގެ އަރިހަށް އިހުތިރާމުގެ ޒިޔާރަތެއް ކުރައްވައިފި ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި 51 އަހަރުގެ މީހަކު 54 އަހަރަށްލާން ހުކުމްކޮށްފި ދިވެހި ސިފައިންނަށް ހޯދައިދޭ ކޮންމެ ކުރިއެރުމަކާ މެދު ފަހުރުވެރިވާން ވާނެ: ރައީސް ބަންކަރިންގެ

އައްޑޫސިޓީ ހިތަދޫގައި އަލަށް އާބާދުވާ މާމެންދޫ ސަރަޙައްދުގައި ފެނާއި ނަރުދަމާ ނިޒާމް ގާއިމްކުރުމުގެ މަޝްރޫއުގެ ދަށުން ނަރުދަމާ ކަނެކްޝަން ގޭގެއަށް ގުޅައިދިނުމުގެ މަސައްކަތް ކުރުމަށް ނިންމާފައިވާކަމަށް އައްޑޫ ސިޓީ ކައުންސިލުން ބުނެފިއެވެ.
އައްޑޫ ސިޓީ ކައުންސިލުން ބުނީ މި ހިދުމަތަށް އެދި ގޭގެ ވެރިފަރާތުން ފޯމް ހުށަހެޅުމަށް ހަމަޖެހިފައިވަނީ އެޕްރީލް 22 2025 އިން ފެށިގެން ޖޫން 22. 2025 ވާ އާދިއްތަ ދުވަހުގެ 13:00 ގެ ނިޔަލަށް ކަމަށެވެ.
އައްޑޫ ސިޓީ ކައުންސިލުން ބުނީ އެޕްލިކޭޝަން ހުށަހެޅުމުގައްޔާއި، ބަލައިގަތުމުގައި އަދި ކަނެކްޝަން ލިސްޓް ފައިނަލް ކުރުމުގައި އަމަލު ކުރާނީ މިކަމަށްޓަކައި މިހާރު އަމަލު ކުރެވެމުންދާ ގަވައިދުގެ މީހުން ދިރިއުޅޭ ރަށްރަށުގައި ހިންގާ މަޝްރޫއުތަކުގެ ތެރެއިން ފެނުގެ ހިދުމަތް ދިނުމުގެ މަޝްރޫއުތަކުގެ ދަށުން ފެނުގެ ހިދުމަތް ނުވަތަ ނަރުދަމާގެ ހިދުމަތްތައް ގުޅައިދިނުމުގައި އަމަލު ކުރާނެ ގޮތުގެ ގަވައިދާއި އެއްގޮތަށް ކަމަށެވެ. އަދި ފީއަކާއި ނުލައި ފެން މީޓަރާއި ނަރުދަމާގެ ޖަންކްޝަން ގުޅައިދިނުމުގައި އަމަލުކުރާނީ މިގަވާއިދުގެ 6 ވަނަ ނަންބަރާއި 7 ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ގިންތިތަކުގެ މައްޗަށެވެ. ފޯމް ބަލައިގަތުމާއި، ލިސްޓް ފައިނަލް ކުރުމުގައި އަދި ކަނެކްޝަންގެ ޢައަދަދު ނިންމުމުގައިވެސް ޢަމަލު ކުރާނީ މި ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީންކަމަށް ކައުންސިލުން ވަނީ ބުނެފައެވެ.
ފެނާއި ނަރުދަމާގެ ޚިދުމަތަށް އެދޭފޯމް މިއަދު ހެނދުނު 10:00 އިން ފެށިގެން ހިތަދޫ އަވަށު އޮފީހުގެ ކައުންޓަރ އިން އަދި ކައުންސިލް އިދާރާގެ ވެބްސައިޓް އިން ލިބެން ހުންނާނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ