އެމިރޭޓްސް އެއަރލައިންސްއިން އަޕްގްރޭޑްކުރެވިފައިވާ ބޯއިންގ 777ގެ ދަތުރުތައް ރާއްޖެ ހިމެނޭހެން އިތުރު 8 މަންޒިލަކަށް ފެށުމަށް ނިންމައިފިއެވެ. މި ދަތުރުތައް ފެށުމަށް ހަމަޖެހިފައިވަނީ މިއަންނަ ޖޫން މަހުގެ 1 ވަނަ ދުވަހުންނެވެ.
އެމިރޭޓްސްއިން މި ނިންމުން ނިންމާފައިވަނީ އެ އެއަރލައިންގެ ރެޓްރޯފިޓް ޕްރޮގްރާމުގެ ދަށުން އެއަރލައިންގެ ފްލީޓުގައި ހިމެނޭ ބޯޓުތައް އަޕްގްރޭޑްކުރުމަށް ފަހުގައެވެ. އެމިރޭޓްސްގެ ރެޓްރޯފިޓް ޕްރޮގްރާމުގެ ދަށުން ކޮންމެ 3 ހަފްތާއަކުން އެއް އެއަރކްރާފްޓެއް އަޕްގްރޭޑްކުރުމަށްފަހު ޚިދުމަތަށް ނެރެމުންދާ ކަމަށް އެ އެއަރލައިނުން ބުނެއެވެ.
އަޕްގްރޭޑްކުރެވޭ ކޮންމެ ބޯއިންގ 777 އެއްގައިވެސް ޕްރިމިއަމް އިކޮނޮމީގެ 24 ގޮނޑިއާއި 1-2-1 ފޯމެޓަށް ފަރުމާކޮށްފައިވާ 260 އިކޮނޮމީ ގޮނޑި ހިމެނެއެވެ. މި ގޮތަށް ގޮނޑިތައް ފަރުމާކޮށްފައިވަނީ ދަތުރުވެރިންނަށް އިތުރު ޕްރައިވަސީއެއް ހޯދައިދިނުމުގެ މަޤްޞަދުގައި ކަމަށް އެމިރޭޓްސްއިން ފާހަގަކުރެއެވެ.
ރާއްޖެއަށް މި އަޕްގްރޭޑްކުރެވިފައިވާ ބޯއިންގ 777ގެ ދަތުރުތައް ފެށިގެންދާއިރު، އެންމެ ފުރަތަމަ ރާއްޖެއަށް ދަތުރުކުރާނީ އެމިރޭޓްސްގެ އީކޭ 658/659 އެވެ. އަދި ޖުލައި 15 ގައި އީކޭ 656/657 އާއި އީކޭ 660/661 ގެ ދަތުރުތައްވެސް މި އަޕްގްރޭޑްކުރެވިފައިވާ ބޯޓުތަކުން ފެށިގެންދާނެއެވެ.
އެމިރޭޓްސްގެ ބޯއިންގ 777ގެ ދަތުރުތައް ރާއްޖެ ހިމެނޭހެން އިތުރު 8 މަންޒިލަކަށް ފަށަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ