ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި މީހެއްގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ކަނޑައަޅައި 54 އަހަރަށް ޖަލަށްލާން ކްރިމިނަލް ކޯޓުން އިއްޔެ ހުކުމްކޮށްފި އެވެ.
ވީ ކިިހިނެއް؟ - އިތުުބާރުކުރެވޭ މަގާމެއްގައި ހުރެ އަންހެން ކުއްޖަކާ މެދު އެކި ދުވަސް މަތިން ގަދަކަމުން ޖިންސީ އަމަލު ހިންގުމުގެ ތުހުމަތުގައި މި މީހާ ހައްޔަރުކުރީ ހުޅުމާލޭ ދެވަނަ ފިޔަވަހިން 3 ސެޕްޓެމްބަރު 2022ގަ އެވެ.
ފުލުހުންގެ ތަހުގީގު ނިންމީ 18 އޮކްޓޯބަރު 2022ގައި ޕްރޮސެކިއުޓަ ޖެނެރަލްގެ އޮފީހަށް ފޮނުވި ކަމަށް ފުލުހުން ބުންޏެވެ.
ތަފްސީލް - ފުލުހުން މިއަދު ބުނި ގޮތުގައި، މިހާރު އުމުރުން 51 އަހަރު ފުރިފައިވާ އެ ފިރިހެން މީހާ ބަންދުގައި ތިން އަހަރު ހުރުމުން، ކްރިމިނަލް ކޯޓުން ކުރި ހުކުމުން ދެން ތަންފީޒުކުރަން ޖެހެނީ 51 އަހަރުގެ ޖަލު ހުކުމެވެ.
ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރުމުގެ ކުށުގައި 54 އަހަރަށް ޖަލަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ