ޕްރައިމް އަކީ ކުޑަ ދުވަސްކޮޅެއްގެ ތެރޭ ދުނިޔޭގެ ހުރިހާ ސަރަހައްދެއްގައި މަގުބޫލުވި ބުއިމެކެވެ.
ހާއްސަކޮށް ޕްރައިމްގެ ބްރޭންޑިން އާއި އެ އުފެއްދުމުގެ ކޯފައުންޑަރުން ކަމަށްވާ ކޭއެސްއައި އަދި ލޯގަން ޕޯލްގެ މޫނަކީ ފަތުއަޑު ކިޔާފައި ދުނިޔޭގެ ހަ ބިތަށް ޕްރައިމް މަޝްހޫރުވި ސަބަބެވެ. ސޯޝަލް މީޑިއާގައި ލޯގަން އާއި ކޭއެސްއައި އަށް ޒުވާނުންނާއި ފުރާވަރުގެ ކުދިން ފޮލޯކުރާ އަދަދު ގިނައިރު އެމީހުންގެ ބްރޭންޑަށް ހިތްތައް ބަންޑުންކޮށްލީ އެވެ.
ޕްރައިމްގެ މަގުބޫލުކަން އިތުރުކުރުމަށް ސޯޝަލް މީޑިއާގައި ކުރިއަށް ގެންދިޔަ ޗެލެންޖުތަކާ އެކު ގިނަ ބަޔެއްގެ މެދުގައި މި ބުއިން މަގުބޫލުވި އެވެ. މީގެ އިތުރުން، މި އުފެއްދުމުގެ މާކެޓިން ކެމްޕެއިންތަކުގައި އިންފުލުއެންސަރުންގެ ބައިވެރިވުން އޮތުމަކީ ވެސް ޒުވާނުންގެ މެދުގައި ޕްރައިމްއަށް އޮންނަ މަގުބޫލުވި ސަބަބެކެވެ.
އަނެއްކޮޅުން ޕްރައިމްގެ ޕެކޭޖިން އަކީ ވެސް ލޮލުގައި އަޅައިގަންނަ، ގަންނަހިތްވާ ގޮތެއް ހުންނަ ޕެކޭޖިންއެކެވެ.
އައިސް ޕޮޕް، ބްރޫ ރާސްބެރީ، މެޓާ މޫން އަދި ޗެރީ ފްރީޒް ފަދަ އަނގައަށް މީރު ގިނަ ފްލޭވާތައް ޕްރައިމްގެ ރޭންޖުގައި ހުރެ އެވެ. މިއީ އާންމުކޮށް މާކެޓުން ލިބެން ހުންނަ ހައިޑްރޭޓިން ޑްރިންކުތަކާ ހިލާފަށް މީރު ރަހަތައް އެކުލެވިގެންވާ ބުއިމެކެވެ.
ޕްރައިމްގެ މަގުބޫލުކަން އިތުރުވެ އާސެނަލް އަދި ބާސެލޯނާ ފަދަ ބޮޑެތި ފުޓްބޯޅަ ކްލަބުތަކާއި ޔޫއެދްސޫ އަދި ޑަބްލިއުޑަބްލިއުއީ ފަދަ މުބާރާތްތަކާ އެކު ޕާޓްނާޝިޕްތައް ވަނީ ގާއިމްކޮށްފަ އެވެ. މިިއާ އެކު އެތުލިޓުންނާއި ފިޓްނެސް އެންތޫސިއެސްޓުންގެ މެދުގައި ޕްރައިމްގެ މަގުބޫލުކަން ވަނީ އިތުރުވެފަ އެވެ.
ޕްރައިމް އަކީ ހައިޑްރޭޝަން ބުއިމެކެވެ. މީގައި %10 ކުރުނބާ ފެން އަދި އިލެކްޓްރޯލައިޓް ހިމެނެ އެވެ. މިއީ އާންމުކޮށް ބާޒާރުގައި ހިންނަ ސްޕޯޓްސް ޑްރިންކުތަކާ ހިލާފަށް ހަކުރު ހުންނަ މިންވަރު ދަށް އޮޕްޝަނެކެވެ.
ޕްރައިމްގެ ރޭންޖު ފުޅާކޮށް، އެނާޖީ ޑްރިންކުގެ މާކެޓުގައި ވެސް ވަނީ ހަމަޖެހިލައިފަ އެވެ. ޕްރައިމްގެ އެނާޖީ ޑްރިންކު ރޭންޖުގައި ލެމަން އެންޑް ލައިމް، ސްޓްރޯބެރީ އަދި ވޯޓާމެލަން ހިމެނެ އެވެ.
ރާއްޖޭގައި ޕްރައިމްގެ އެކްސްކްލޫސިވް ޑިސްޓްރިބިޔުޓަރަކީ ވިލާ މާޓެވެ. ހޯލްސޭލް އަދި ރީޓެއިލްކޮށް ވިލާ މާޓު އަދި ވިލާ ޓްރޭޑިން އިން ޕްރައިމްގެ އުފެއްދުންތައް ލިބޭނެ އެވެ.
ވިލާ މާޓުގައި:
ޕްރައިމް ހައިޑްރޭޝަން ޑްރިންކުގެ އަގަކީ 55ރ.
ޕްރައިމް އެނާޖީ ޑްރައިންކްގެ އަގަކީ 38ރ.
ހޯލްސޭލް ކަސްޓަމަރުން ޕްރައިމްގެ އުފެއްދުންތައް ގަތުމަށް:
ފޯނު: 7667711
އީމެއިލް: [email protected]
މީރު ރަހަތަކާއި ސޯޝަލް މީޑިއާގައި އޮތް ތަރުހީބާއެކު ޕްރައިމް އަކީ ޒުވާނުންގެ މެދުގައި އެންމެ މަގުބޫލު އެއް ބުއިމެވެ.
ސޯޝަލް މީޑިއާގައި މަގުބޫލު ޕްރައިމްގެ ރަހަތައް ވިލާ މާޓުން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ