ވެރިކަމަކީ މުއިއްޒު ބޮލުގައި އެޅުވި ކަމެއްނޫން!

މުއިއްޒު ސަރުކާރުން ކުރާ ދޯހަޅި ފެންނުހިފޭ ކަމެއްގެ ވާހަކަ މީހަކު ބުނާއިރަށް ސަރުކާރުގެ ކުލީގަލަންތަކާއި⁹ ބޮޓުންނަށް މިތިބާ ވާގޮތެއް ދޮތައެވެ. އަމްދުން ކުރީ ސަރުކާރުގެ އިސްވެރިއަކު އެއްޗެއް ބުނެފިތަ އެދެން ހަތަރެސްކަން ހަމަވީއެވެ.
ކިތަންމެ ރަގަޅު ވާހަކައެއް ބުންޏަސް ގަބޫލުކުރުމެއް އިސްލާހު ކުރުމެއް ނޯވެއެވެ. ހަބޭހަށް ދައުލަތް ލޫޓުވަމުން ކުރީ ސަރުކާރޭ ކިޔާ ފޮނުއަރުވަން ފަށައެވެ. ކުރީ ސަރުކާރުގެ ދުވަސްވަރު އޮތް ހާލަތަށްވުރެ ގިނަ ކަންކަން އެތައް ހާސްގުނައެއް ގޯސްކޮށް ކުރަމުން ކުރީ ސަރުކާރޭ ކިޔާ އަނގަ ހުޅުވާކަށް މުއިއްޒާއި އޭނާގެ އައުވާނުން ލަދެއް ނުގަނެއެވެ.
މުއިއްޒު ވެރިކަމާ ހަވާލުވީ ކުރީ ސަރުކާރަށް ނުވެގެން ބުނެ އާދޭސްކޮށްގެނެއް ނޫނެވެ. މުއިއްޒުގެ ދޮގާ މަކަރުގެ މަޅީގައި ރައްޔިތުންގެ ގިނަ ބަޔަކު ޖެއްސީ ކޮވިޑުން އަރައިގަނެ ދަރަނިތައް މެނޭޖުކޮށް އަމާން ދިވެހިރާއްޖެއެއް ހޯދާދޭން ކުރީ ސަރުކާރަށް ވަގުތު ދޭށޭ ބުނެބުނެ އޮއްވައެވެ. 
ކުރީ ސަރުކާރުން މުއިއްޒުގެ ބޮލަކަށް ދައުލަތެއް ނުޖަހައެވެ. ގައުމު ދަރުވާލާފައި ކުރީ ސަރުކާރުގެ ވެރިން ފައިބާ ފިލާރައްކައެއް ނުވެއެވެ. މާ ކަންކަންވާ މީހަކަށް ހެދިގެން ރައްޔިތުންގެ ލޮލުގައި އަދުން އަޅުވައިގެން މުއިއްޒު ހޯދައިގަތް ވެރިކަމެއް ހެޔޮކޮށް ކުރުމަކީ މުއިއްޒުގެ ކަމެކެވެ. 
ކުރީ ސަރުކާރުގެ ބޮލަށް ކަނޑާލައިގެން މުއިއްޒަށް ޒިންމާއަކުން  ނުރެކެވޭނެއެ. ކުރީ ސަރުކާރުން ކަމެއްނުވެ އޮތުމަކީ އެކަމެއް ނުކުރުމަށް އޮތް ހުއްޖަތެއް ނޫނެވެ. ކުރިން ކުރަމުންއައި ރަގަޅު އެއްވެސް ކަމެއް އެގޮތަށް ނުވަތަ އެއަށްވުރެވެސް ރަނގަޅަށް ނުކޮށް ދޫކޮށްލުމަކީވެސް މުއިއްޒަށް އޮތް ހައްގެއް ނޫނެވެ. ކުރިން ގޯސްކޮށް އޮތްކަމެއް ހަމަ އެގޮތަށް ނުވަތަ އެއަށްވުރެ ގޯސްކޮށް ކުރަމުން ކުރީ ސަރުކާރޭ ބުނެގެން ފަރަކު ނުޖެއްސޭނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ