ކަސްޓަމްސް 4000 މިލިޔަން ހުދުކާފޫރަށްވީތަ!

2025 ވަނަ އަހަރުގެ 6 ވަނަ ދުވަހާއި 7ވަނަ ދުވަހު ހުރިހާ ނޫހެއްގެ ފަލަ ސުރުހީއަކަށްވެފައި އޮތީ ކަސްޓަމް އޮފިސަރުންތަކެއް ހިންގި ބޮޑު ޖަރީމާއެއްގެ ވާހަކައެވެ. ކަސްޓަމްސް އޮފިސަރުން ތަކެއްގެ އެކައުންޓުގައި ގާނޫނާ ހިލާފަށް ހޯދާފައިވާ  400 މިލިޔަނެއްހާ ރުފިޔާ ހުރެގެން 20 އޮފިސަރަކަށް ފިޔަވަޅު އަޅާ ވާހަކަ ބޮޑު ހަބަރަށް ވެގެން ދިޔައެވެ.
ފިޔަޅުއެޅިކަމަށް ބުނި 20 އޮފިސަރުންގެ ތެރޭގައި އެޑިޔުކޭޝަން މިނިސްޓަރ އިސްމާއީލު ޝަފީއުގެ ތިމާގެ މީހެއް ކަމުގައިވާ ފަހީމް ހިމެނެއެވެ. ފަހީމަށް ބޮޑެތި ތުހުމަތުތަކެއް އޮވެގެން ފިޔަވަޅު އެޅިއެއްކަމަކު މިހާރު ފެންނަނީ މުޅިން އެހެން މަންޒަރެކެވެ. އަނެއްކާވެސް ކަސްޓަމްސްގެ ރަސްމީ ބައްދަލުވުންތައް ލީޑް ކުރާތަން ފެންނަނީ ފަހީމެވެ. މިއީ ކިހާ ސީރިއަސް މައްސަލައެކެވެ.
ކަންބޮޑުވާ ކަމަކީ މިދެއްކެނީ 400 މިލިޔަން ރުފިޔާގެ ހިޔާނާތެއްގެ ވާހަކައެވެ. ގާނޫނު ތަންފީޒު ކުރުމާ ހަވާލުވެ ތިބި އެތައް ބަޔަކު ގުޅިގެން މަގާމުގެ ނަޖާއިޒު ފައިދާ ނަގައިގެން ހިންގިކަމަށްބުނާ ބޮޑު ހިޔާނާތް ދަލުފުލުން ދިޔައީއެވެ. 
ކަސްޓަމަކީ ދައުލަތަށް އެންމެ ބޮޑު އާމްދަނީއެއް ވަންނަ އެއްމަގެވެ. މިދެއްކެނީ 20 ކަސްޓަމްސް އޮފިސަރުން ރިޝްވަތު ބަލައިގަނެ، ސަޕްލައި ކުރާ ފަރާތްތަކަށް އިމްޕޯޓް ޑިއުޓީ ނުދެއްކުމަށް އެހީތެރިވެދިން ވާހަކައެވެ. ގޭންގްތަކާ ގުޅިގެން ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރުމަށް މަސައްކަތްކުރާ ވާހަކައެވެ. މިދައްކަނީ ހުރިހާ ބާވަތެއްގެ ކޮރަޕްޝަނާއި ބޮޑެތި ޖަރީމާތަކެއްގެ ވާހަކައެވެ. 
400 މިލިއަން އަކީ ބޮޑު އަދަދެކެވެ. އެނގެން ޖެހޭނީ އެމީހުން 400 މިލިއަނަށް ހެދި ގޮތެވެ. އެ ބޮޑު ޖަރީމާގެ ކަންކަން ސާފުވާން ޖެހެއެވެ.
މައްސަލައިގެ ތަހުގީގު ގޮސްފައި އޮތީ ކިހާ ހިސާބަކަށް ހެއްޔެވެ. ސަސްޕެންޑް ކުރީ ކިތައް މީހުން ހެއްޔެވެ. އޭގެތެރެއިން އިސްތިއުފާ ދިނީ ކިތައް މީހުން ހެއްޔެވެ. އޭގެ ތެރެއިން ކިތައް މީހުން އެނބުރި މަސައްކަތަށް ނެރެފިހެއްޔެވެ. މަސައްކަތަށް ނެރުނު މީހުން ނެެރުނީ އެއްވެސް ބައިވެރިވުމެއް ނެތުމުން ހެއްޔެވެ. މިހުރީ ހައްތަހާވެސް އުފެދޭ ސުވާލެވެ. 
ޝަމްނާޒުގެ ސިހުރު މައްސަލައާއި ކަރެކްޝަން އޮފިސަރުންތަކެއްގެ މައްޗަށް ކުރެވުނު ބޮޑު ތުހުމަތުތަކާއި ފަޒްލުގެ އެޗްޑީސީ ހިޔާނާތްހެން ކަސްޓަމް 400 މިލިޔަންގެ ހިޔާނަތްވެސް ވަޅުޖެހިީ ހެއްޔެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ