ވޭވްސް ފައިވާން: ސީ ގިއާއިން ގެނެސްދެނީ ދެމެހެއްޓެނިވި ފެޝަން

ފައިވާނަކީ ރާއްޖެ ކަހަލަ ޖަޒީރާ ގައުމެއްގައި ދިރިއުޅުމުގެ މުހިންމު ބައެކެވެ. މިއީ ގޮނޑުދޮށަށް ދާ މީހުންނާއި ރަށުތެރޭގައި އުޅޭ މީހުންނަށް ފަސޭހަކަމާއި ފަހިކަން ގެނެސްދޭ އެއްޗެކެވެ. ނަމަވެސް، ހުރިހާ ފައިވާނެއް ހުންނަނީ އެއްގޮތަކަށް، އެއް ފެންވަރަކު ނޫނެވެ.
އެކަން ބަދަލުކޮށްލަނީ މިހާރު ރާއްޖޭގައި ވެސް ލިބެން ހުރި ވޭވްސް ފައިވާނެވެ. މިއީ ތިމާވެއްޓާ ރައްޓެހި ޑިޒައިނާއި ތަފާތު ކުލަތައް އެކުލެވޭ ބްރޭންޑެކެވެ. މި ބްރޭންޑް ރާއްޖޭގައި ލިބެން ހުންނާނީ ސީ ގިއާގަ އެވެ.
ވޭވްސްއަކީ ލަންކާގެ ބްރޭންޑެކެވެ. މިއީ ދެމެހެއްޓެނިވި ގޮތެއްގައި އަދި މުޖުތަމައަށް ފައިދާހުރި ގޮތެއްގައިި އުފެއްދުންތެރިކަމަށް މަޝްހޫރު ބްރޭންޑެކެވެ. ލަންކާ އިން ލިބެން ހުންނަ ގުދުރަތީ ރަބަރުން އެކަނި އުފައްދާފައިވާ ވޭވްސް ފައިވާނަކީ ޕްލާސްޓިކް ނުހިމެނޭ، ބަޔޯޑިގްރޭޑަބަލް އުފެއްދުމެކެވެ. މި ރަބަރު ހޯދަނީ 'ފެއާ ރަބަރު' ދަނޑުތަކުންނެވެ. މިއީ ދަނޑުވެރިންނާއި ފަންނުވެރިންނަށް ރަނގަޅު އުޖޫރަ އާއި މަސައްކަތުގެ މާހައުލެއް ކަށަވަރުކޮށްދޭ ގޮތަކަށް ހިންގާ ދަނޑުތަކެކެވެ.
މި ބްރޭންޑުން ފައިވާން އުފެއްދުމުގެ މަރުހަލާތައް ފަރުމާކޮށްފައިވަނީ ކުނި މަދުކުރެވޭނެ ގޮތަކަށެވެ. ބޭނުންނުކުރެވޭ ރަބަރު އަލުން ބޭނުންކުރެވޭ ގޮތަށް ހަދައިގެން ކުނިގޮނޑަށް އަޅާ މިންވަރު މަދުކުރެ އެވެ.
މީގެ އިތުރުން، ވޭވްސްއިން ލަންކާގެ ގޮނޑުދޮށް ސާފުކުރުމުގެ މަސައްކަތްތަކަށް އެހީތެރިވެދެ އެވެ. މިއީ ގުދުރަތީ ރީތިކަން ދެމެހެއްޓުމަށް އެ ބްރޭންޑުން ކުރާ މަސައްކަތްތައް އިތުރަށް ހަރުދަނާކުރުމަށް ކުރާ ކަމެކެވެ.
ދެމެހެއްޓެނިވި ގޮތެއްގައި އުފެއްދުމުގެ އިތުރުން، ވޭވްސް ފައިވާން މަޝްހޫރުވެފައިވަނީ އޭގެ ފަސޭހަކަމާއި ޑިޒައިނަށެވެ. ގުދުރަތީ ރަބަރުން މަޑު، ފަސޭހަކަމާ އެކު ހިނގާލެވެ އެވެ.
ކަޅު ކުލައިން ފެށިގެން ޓްރޮޕިކަލް ޕްރިންޓްތަކާ ހަމައަށް ތަފާތު ކުލަތަކާއި ޕެޓާންތަކުން ލިބެން ހުރުމުން، ކޮންމެ މީހަކަށް ވެސް އެ މީހަކު ބޭނުންވާ ސްޓައިލެއް ހިޔާރުކުރެވޭނެ އެވެ.
ސީ ގިއާއަކީ ރާއްޖޭގައި ކަނޑާ ގުޅުންހުރި އުފެއްދުންތައް ވިއްކާ، ފާހަގަކޮށްލެވޭ ފިހާރައެކެވެ. މިއީ ރާއްޖޭގައި ވޭވްސް ފައިވާން ވިއްކާ ހަމައެކަނި ޑިސްޓްރިބިއުޓަރެވެ. ފެންވަރު ރަނގަޅު ބްރޭންޑްތައް ވިއްކުމަށް މަޝްހޫރު ސީ ގިއާ އިން ވޭވްސްއާ އެކު އޮންނަ ގުޅުމުުގެ ސަބަބުން، ދިވެހިންނަށް ދެމެހެއްޓެނިވި ފައިވާން ލިބޭނެ އެވެ.
ވޭވްސް ފައިވާން މާލޭގައި ހުންނަ ސީ ގިއާއިން ލިބޭނެ
 ސީގިއާގެ ވެބްސައިޓުން މި ފައިވާން ގަނެވޭނެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ