ފީބާ، 16 އަހަރުން ދަށުގެ އޭޝިއާ ކަޕް، ސާބާ ކޮލިފަޔާސްގައި ރާއްޖޭގެ ޒުވާން އަންހެން ޓީމުން ރޭންކިން މެޗުގައި ބަންގްލަދޭޝްގެ މައްޗަށް ކުރިހޯދާ ކޮލިފިކޭޝަނުން ލޯ މެޑަލް ހޯދައިފި އެވެ.
މި މުބާރާތުގައި ރާއްޖޭގެ އަންހެން ޓީމުން ވަނީ ކުޅުނު ފުރަތަމަ މެޗުގައި ބަންގްލަދޭޝްގެ މައްޗަށް 104-17 އިން ކުރި ހޯދައިފަ އެވެ. އެކަމަކު ދެ ވަނަ މެޗުގައި ސްރީ ލަންކާ އަތުން 71-45 އިން ބަލިވިއިރު، ތިންވަނަ މެޗުގައި އިންޑިއާ އަތުން ބަލިވީ 136-21 ޕޮއިންޓުންނެވެ.
އެހެންވެ، މިއަދު މެންދުރު ޒުވާނުންގެ މަރުކަޒު އެތެރޭ ކޯޓުގައި ރާއްޖެ އަށް ކުޅެން ޖެހުނީ ރޭންކިން މެޗެވެ. މި މެޗު ރާއްޖެއިން ކާމިޔާބު ކުރީ 86-22 އިންނެވެ.
ރާއްޖެއިން ގިނަ ކުޅުންތެރިންނަށް ފުރުސަތު ދީގެން ކުޅުނު މި މެޗުގެ ފުރަތަމަ ކުއާޓާ ނިންމާލީ 23-0 ގެ ބޮޑު ލީޑެއްގައި އޮވެގެންނެވެ. އަދި ޖެހިގެން އައި ދެވަނަ ކުއާޓާގައި ރާއްޖެއިން ވަނީ ފުރަތަމަ ކުއާޓާގެ ކުޅުން ތަކުރާރުކޮށްފަ އެވެ. ދެވަނަ ކުއާޓާ ނިމުނީ 38-1 އިންނެވެ.
ރާއްޖެ އާއި ބަންގްލަދޭޝް ބައްދަލުކުރި މެޗުގެ ތެރެއިން ކައިލީން ތްރީ ޕޮއިންޓްސް އެޓަމްޕެއް ކުރަނީ - ފޮޓޯ: އަތޫފް އާތިފް / އަދަދު ސްޕޯޓްސް
މެޗުގެ ތިންވަނަ އަދި ހަތަރުވަނަ ކުއާޓާގައި ރާއްޖެއިން ވަނީ ބަދަލު ކުޅުންތެރިންނަށް ފުރުސަތު ދީފަ އެވެ. މި ދެ ކުއާޓާގައި ވެސް ރާއްޖެ ޓީމުން ތަފާތު މޮޅަށް ކުޅުނުއިރު، ތިންވަނަ ކުއާޓާ ނިމުނީ 56-9 އިންނެވެ. އަދި ހަތަރުވަނަ ކުއާޓާ ނިމުނީ 86-22 އިންނެވެ.
މި މެޗުގައި ރާއްޖެ ޓީމުން އެންމެ ރަނގަޅަށް ކުޅުނު، ލައިރާ އަހުމަދު ފިރާޝް ވަނީ 12 ޕޮއިންޓް ސްކޯކޮށް، 20 ރީބައުންޑް ނަގައިފަ އެވެ. ދެން، އެންމެ ރަނގަޅަށް ކުޅުނު މަރިޔަމް ކައިލީން ޝިރުހާން ވަނީ 30 ޕޮއިންޓް ސްކޯކޮށް، ހަ ރީބައުންޑް ނަގާފަ އެވެ. ކައިލީން ސްކޯކުރި 30 ޕޮއިންޓްގެ ތެރެއިން ގިނަ ޕޮއިންޓަކީ ތްރީ ޕޮއިންޓްސް އެވެ.
ބަންގްލަދޭޝް ބަލިކޮށް ޒުވާން އަންހެން ޓީމަށް ލޯ މެޑަލް ބަންގްލަދޭޝް ބަލިކޮށް ޒުވާން އަންހެން ޓީމަށް ލޯ މެޑަލް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ