ރާޖްކުމާރު ހިރާނީގެ '3 އިޑިއަޓްސް'ގެ ބަތަލާގެ ރޯލް އެންމެ ފުރަތަމަ ހުށަހެޅީ ކާޖޮލްއަށް
މީގެ 16 އަހަރުކުރިން ރިލީޒްކުރި ފިލްމު "3 އިޑިއަޓްސް"ގައި ބަތަލާ ކަރީނާ ކަޕޫރު ފެންނަ ރޯލް އެންމެ ފުރަތަމަ ހުށަހެޅީ ކާޖޮލްއަށް ކަމަށް ބަތަލާ ބުނެފިއެވެ. އަންނަ މަހުގެ 27ގައި ރިލީޒްކުރާ ކާޖޮލްގެ ފިލްމު "މާ"ގެ ޕްރޮމޯޝަން އިވެންޓެއްގައި ވާހަކަ ދައްކަމުން ބަތަލާ ބުނީ، އޭރު ނޫނެކޭ ބުނި ވަރަށް ގިނަ ފިލްމުތަކަކީ ފަހުން ބޮކްސްއޮފީހުގައި ބޮޑު ހިޓަކަށްވި ފިލްމުތައް ކަމަށެވެ. އޭރު ނޫނެކޭ ބުނި ގިނަ ފިލްމުތަކަކީ ކޮންމެވެސް ސަބަބަކާ ހުރެ އެ ފިލްމުތަކުގެ ސްކްރިޕްޓުތައް ބަތަލާއަށް ކަމުނުދިޔަ ފިލްމުތައް ކަމަށާއި އެފަދަ ފިލްމުތަކަށް ނޫނެކޭ ބުނުމަކީ ވެސް އެހާ އުނދަގޫކަމެއް ނޫން ކަމަށެވެ. ފިލްމު "3 އިޑިއަޓްސް"ގެ ޑައިރެކްޓަރު ރާޖްކުމާރު ހިރާނީ. އާމިރު ޚާން އަދި ކާޖޮލް--ފޮޓޯ/އެމްއެސްއެން އެގޮތުން ފިލްމު "3 އިޑިއަޓްސް"އަކީ ފާހަގަކޮށްލެވޭ ފިލްމެއް ކަމަށާއި ކާޖޮލްއަށް ގަބޫލުކުރެވުނު ގޮތުގައި ޑައިރެކްޓަރު ރާޖްކުމާރު ހިރާނީގެ އެ ފިލްމުގައި ކަރީނާ ކުޅުނު ރޯލަކަށް ކާޖޮލް ފިޓެއް ނުވެއެވެ. އެ ރޯލް ހަމައެކަނި ކުޅެވޭނީ ކަރީނާއަށްކަން ފިލްމު ބަލާލުމުން ތަސައްވަރު ކުރެވުނު ކަމަށާއި ކާޖޮލް ގަބޫލުކުރާ ގޮތުގައި ލިބޭ އެފަދަ ފުރުސަތުތައް ބައެއްފަހަރު ދޫކޮށްލުމަކީ އެހެން ފިލްމީ ތަރިއަކަށް އޭގެއިން ފައިދާ ކުރުވާނެ ކަމެކެވެ. މާޒީގައި ލިބުނު އެފަދަ ފުރުސަތުތަކާ ނުލާވެސް ކާޖޮލް އަކީ ފިލްމީ ކެރިއަރުގައި ކާމިޔާބީއާ ހަމައަށް ވާސިލުވެފައިވާ މީހެއް ކަމަށް ބަތަލާ ވަނީ ބުނެފައެވެ. ކާޖޮލްގެ ކުރިއަށް އޮތް ފިލްމު "މާ"އަކީ ބަތަލާގެ ފިރިމީހާ އަދި އެކްޓަރު އަޖޭ ދޭވްގަން ޕްރޮޑިއުސްކޮށް ވިޝާލް ފޫރިއާ ޑައިރެކްޓްކޮށްފައިވާ ފިލްމެކެވެ. މިއީ މިހާތަނަށް ކާޖޮލް މުޅިން އަލަށް ތަޖުރިބާކުރާ ޖޯންރާއެއްގެ ފިލްމެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ