އާމިރު ޚާން ވެސް ގޮވައިލީ ތުރުކީ ބޮއިކޮޓްކުރަން
ބޮލީވުޑްގެ އެކްޓަރު އާމިރު ޚާން ދާދިފަހުން ބައިވެރިވި ޓެލެވިޒަން ޝޯ "އާޕް ކީ އަދާލަތު"ގައި ތުރުކީ ބޮއިކޮޓް ކުރުމުގެ މައްސަލައަށް ބާރުލިބޭ ގޮތަށް ވާހަކަދައްކައިފިއެވެ. އިސްލާމްދީން އައްޑަނައަކަށް ނަގައިގެން ގިނަ ބަޔަކު ވާހަކަ ދައްކަމުންދިޔަ ނަމަވެސް އާމިރު އަބަދުވެސް ހުންނާނީ އިންޑިއާގެ އަސްކަރިއްޔާއާ އެކު ކަމަށް އެކްޓަރު ވަނީ ބުނެފައެވެ. އިންޑިއާ އާއި ޕާކިސްތާނާ ދެމެދު ދާދިފަހުން ބަދަލުކުރެވުނު ހަމަލާތަކާ ގުޅިގެން ތުރުކީއިން ޕާކިސްތާނާ އެއްކޮޅަށް ވާހަކަ ދައްކާފައިވާތީ ތުރުކީ ބޮއިކޮޓް ކުރުމަށް ވަރަށް ގިނަ ބަޔަކު ވަނީ ގޮވާލާފައެވެ. އެގޮތުން ތުރުކީގައި ފިލްމުތަކުގެ ޝޫޓިންގްތައް ކުރިއަށް ގެންގޮސް ތުރުކީގެ ފަންނާނުންނާ ގުޅިގެން ފިލްމު އުފެއްދުމުގެ މަސައްކަތް ހުއްޓާލުމަށް އިންޑިއާގެ ފިލްމު ފެޑެރޭޝަނުން ވަނީ ފިލްމު އިންޑަސްޓްރީގެ އެންމެންނަށް އަންގާފައެވެ. ފިލްމު 'ސިތާރޭ ޒަމީން ޕަރު'ގެ ޕޯސްޓަރެއް--ފޮޓޯ/ފިލްމުފެއަ 'އާޕް ކީ އަދާލަތު'ގައި ވާހަކަ ދައްކަމުން އާމިރު ބުނެފައި ވަނީ ކަޝްމީރުގެ ޕަހަލްގަމްގައި ހިންގި ޓެރަރިޒަމްގެ އަމަލަކީ އެއްގޮތަކަށް ވެސް ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ. ބައެއްގެ ދީނަކީ ކޮބައިތޯ ބެލުމަށްފަހު އެ ބަޔަކު ބޭނުން ނޫން ދީނެއްގެ ބަޔަކުކަން އެނގުމުން ކުށެއް ނެތް މައުސޫމު މީހުންނަށް ބަޑީގެ ހަމަލާދީ މަރާލުމަކީ އިންސާފެއް ނޫން ކަމަށް އާމިރު ވަނީ ބުނެފައެވެ. އާމިރަކީ ސޯޝަލް މީޑިއާގައި އުޅޭ މީހަކަށް ނުވުމުން އެ ހާދިސާއާ ގުޅިގެން އާމިރު ދެކޭގޮތް ހަމައެކަނި ހާމަކުރެވުނީ އެ ދުވަސްވަރު އެކްޓަރު ބައިވެރިވި ހަފްލާތަކުގައި ކަމަށް އާމިރު ވަނީ ބުނެފައެވެ. އާމިރުގެ ފިލްމު "ސިތާރޭ ޒަމީން ޕަރު"ގެ ޓްރެއިލާ ރިލީޒްވުމާ ހަމައަށް ޕަހަލްގަމްގައި ދިން ޓެރަރިސްޓު ހަމަލާގެ ވާހަކަ އާމިރުގެ ޓީމުން ނުދެއްކީ ކީއްވެތޯ އެހުމުން އެކްޓަރު ބުނީ ހަގީގަތުގައި އެ ފިލްމުގެ ޓްރެއިލާ ރިލީޒްކުރަން ވަރަށް ކުރިން ތާވަލު ކުރެވުނު ކަމަށާއި ނަމަވެސް އެކަން ފަސްކުރީ ވެސް ޕަހަލްގަމްގެ ހިތާމަވެރި ހާދިސާއާ ގުޅިގެން ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ