ޕާޓް ޓައިމް ކުޅުންތެރިން ހިމެނޭ އޯކްލޭންޑް ކޮޅަށް ބަޔާނުން ލަނޑު ގޯންޏެއް ޕާޓް ޓައިމް ކުޅުންތެރިން ހިމެނޭ އޯކްލޭންޑް ކޮޅަށް ބަޔާނުން ލަނޑު ގޯންޏެއް

ސިންސިނާޓީ، ޔުނައިޓެޑް ސްޓޭޓްސް (ޖޫން 15) - ޕާޓް ޓައިން ކުޅުންތެރިން ހިމެނޭ ނިއު ޒީލެންޑްގެ ކްލަބް، އޯކްލޭންޑް ސިޓީ ކޮޅަށް 10 ގޯލު ޖަހައި، ފަރަގު ބޮޑު ނަތީޖާ އަކުން ހޯދި މޮޅަކުން ޖަރުމަނުގެ ޗެމްޕިއަން ބަޔާން މިއުނިކުން ފީފާ ކްލަބް ވޯލްޑް ކަޕް ފަށައިފި އެވެ.
އޯޝެނިއާގެ މިދިޔަ ހަތަރު އަހަރަށް ބަލާއިރު، އެންމެ ކާމިޔާބު ކްލަބް، އޯކްލޭންޑުން މި ފަހަރުގެ ކްލަބް ވޯލްޑް ކަޕަށް އައިއިރު، އެ ޓީމުގައި ހިމެނޭ ސެމީ ޕްރޮފެޝަނަލް ގިނަ ކުޅުންތެރިންނަކީ، ޕާޓް ޓައިމްގައި ފުޓްބޯޅަ ކުޅޭ ކުޅުންތެރިންނެވެ. އަދި، ބައެއް ކުޅުންތެރިން މުބާރާތަށް އައީ މުސާރަ ނުލިބޭ ގޮތަށް ޗުއްޓީ ނަަގައިގެންނެވެ. އަދި، އަނެއް ބައި ކުޅުންތެރިންނަށް ޗުއްޓީ ހަމަނުޖެހޭތީ މުބާރާތަށް ނާދެވުނެވެ.
ޓީކިއުއެލް ސްޓޭޑިއަމްގައި ކުޅުނު މި މެޗުގައި ބަޔާނުން ވަނީ ފުރަތަމަ ހާފުގައި ހަ ގޯލު އަދި ދެ ވަނަ ހާފުގައި ހަތަރު ގޯލު ޖަހައިފަ އެވެ. މި މެޗުގައި، ބަޔާންގެ ޖަމާލް މުސިއާލާ ހެޓްރިކެއް ހެދިިއިރު، މައިކަލް އޮލީސޭ އާއި ތޯމަސް މުލާ، ކޮންމެ ކުޅުންތެރިއަކު ދެ ގޯލު ޖެހި އެވެ.
ބަޔާންގެ އަނެއް ލަނޑުތައް ޖެހީ، ޝާޝާ ބޯއޭ އާއި ކިންގްސްލީ ކޯމަން އެެވެ.
ބަޔާނުން މި މެޗުގައި ނެރުނު ނަތީޖާ އަކީ ކްލަބް ވޯލްޑް ކަޕްގެ ރެކޯޑެކެވެ. ކްލަބް ވޯލްޑް ކަޕްގައި އެންމެ ބޮޑު މޮޅެއް ގޮތުގައި ކުރިން އޮތީ 2022 ގައި، އަލް ހިލާލުން 6-1 އިން އަލް ޖަޒީރާ ބަދަލުކުރި މެޗެވެ.
މި ގްރޫޕްގައި ދެން ހިމެނެނީ، ބޮކަ ޖޫނިއާސް އާއި ބެންފީކާ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ