ފީބާ، 16 އަހަރުން ދަށުގެ އޭޝިއާ ކަޕް، ސާބާ ކޮލިފަޔާސްގެ ރޭންކިން މެޗުން ބަންގްލަދޭޝް އަތުން ރާއްޖޭގެ ޒުވާން ފިރިހެން ބާސްކެޓް ޓީމު ބަލިވެއްޖެ އެވެ.
މި މުބާރާތުގައި ރާއްޖޭގެ ޒުވާން ފިރިހެން ޓީމުން ކުޅުނު ފުރަތަމަ މެޗުގައި ލަންކާ އަތުން ބަލިވީ 116-28 އިންނެވެ. ދެވަނަ މެޗުގައި އިންޑިއާ އަތުން ރާއްޖެ ބަލިވީ 122-14 އިންނެވެ. އަދި ފަހު މެޗުގައި ބަންގްލަދޭޝް އަތުން އިއްޔެ ބަލިވީ 64-55 އިންނެވެ.
އެހެންވެ، ރޭންކިން މެޗުގައި މިއަދު މެންދުރު ރާއްޖެއިން ބަންގްލަދޭޝްއާ ކުޅުނުއިރު، މި މެޗު ބަންގްލަދޭޝް އިން ކާމިޔާބުކުރީ 75-42 އިންނެވެ.
މިއަދު ކުޅުނު މެޗުގެ ފުރަތަމަ ކުއާޓާގައި ރާއްޖޭގެ ޓީމު ފެނިގެންދިޔައީ ދަށްކޮށެވެ. އޭގެ ފައިދާ ނަގާ މި ކުއާޓާ ބަންގްލަދޭޝް އިން ކާމިޔާބުކުރީ ނުވަ ޕޮއިންޓްގެ ލީޑެއްގައި އޮވެގެންނެވެ. މިކުއާޓާ ނިމުނީ 20-11 އިންނެވެ.
ދެވަނަ ކުއާޓާ އާއި ތިންވަނަ ކުއާޓާގައި ރާއްޖެއިން ކުޅުނު ރަނގަޅުކުރި ނަމަވެސް ބަންގްލަދޭޝް އިން ވަނީ އެ ޓީމުން ފުރަތަމަ ކުއާތާގައި ނެގި ލީޑު ހިފަހައްޓައިފަ އެވެ. ދެވަނަ ކުއާޓާ ނިމުނީ 38-27 އިންނެވެ. އަދި ތިންވަނަ ކުއާޓާ ނިމުނީ 44-37 އިންނެވެ.
ހަތަރުވަނަ ކުއާޓާގައި ރާއްޖޭގެ ޓީމު ފެނުނީ ދަށްކޮށެވެ. އޭގެ ފައިދާ ނަގާ މި ކުއާޓާގައި ބަންގްލަދޭޝް އިން ވަނީ ކައިރިކައިރީގައި ގިނަ ޕޮއިންޓްތަކެއް ސްކޯކޮށްފަ އެވެ. މި ކުއާޓާ ނިމުނީ 75-42 އިންނެވެ.
16 އަހަރުން ދަށުގެ އޭޝިއާ ކަޕް ސާބާ ކޮލިފަޔާސް: ރޭންކިން މެޗުން ފިރިހެން ޓީމު ބަންގްލަދޭޝް އަތުން ބަލިވެއްޖެ 16 އަހަރުން ދަށުގެ އޭޝިއާ ކަޕް ސާބާ ކޮލިފަޔާސް: ރޭންކިން މެޗުން ފިރިހެން ޓީމު ބަންގްލަދޭޝް އަތުން ބަލިވެއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ