މި ހާދިސާގައި ފަރުވާކުޑަކުރި ފުލުހުންގެ މައްސަލަ ބަލައި، އިސްލާހީ ފިޔަވަޅު އެޅުން މުހިންމު ކަމަށް ކޮމިޝަނުން ދެކޭ ކަމަށް އެ ރިޕޯޓުގައި ބުންޏެވެ.
ހ. ފެންޓެނޯއީ ގޭ މަތިން ގުދަނެއްގެ ފުރާޅު މައްޗަށް އުމުރުން 21 އަހަރުގެ ހައްވާ ޔުމްނު ރަޝީދު ވެއްޓުނު ހާދިސާގެ ތަހުގީގުގައި ފުލުހުން ފަރުވާކުޑަކުރި ކަމަށާއި، އެކަމުގައި އިހުމާލުވި ވަކިވަކި ފުލުހުންނަށް އިސްލާހީ ފިޔަވަޅު އަޅަން ފެންނަ ކަމަށް އެ މައްސަލަ ބެލުމަށް އުފެއްދި ރިޔާސީ ކޮމިޝަނުގެ ރިޕޯޓުގައި ބުނެފި އެވެ.
ގާނޫނުއަސާސީން ރައީސަށް ލިބިވަޑައިގަންނަވާ ބާރުގެ ދަށުން ޔުމްނު ވެއްޓުނު މައްސަލައިގެ އިންކުއަރީއެއް ހެދުމަށް މިދިޔަ އޭޕްރީލް މަހުގެ 27 ވަނަ ދުވަހު އުފެއްދެވި ހާއްސަ ކޮމިޝަނުން މިއަދު މަސައްކަތް ނިންމައި ރައީސް ޑރ. މުހައްމަދު މުއިއްޒާ ހަވާލުކޮށްފަ އެވެ.އެ ކޮމިޝަންގެ ރިޕޯޓު މިހާރު އާންމުކޮށްފައިވާއިރު، ތަފްސީލުކޮށް އެރޭ ޔުމްނު ދިޔަ ތަންތަނާއި އުޅުނު ގޮތް ބަޔާންކޮށްފައިވެ އެވެ. ރިޕޯޓުގައި ބަޔާންކޮށްފައިވާ ގޮތުގައި، ޔުމްނުއާއެކު ފެންޓެނޯއީ ގޭތެރޭގައި އެރޭ އުޅުނު ރައުދު އަހުމަދު ޒިލާލްއާ ސުވާލު ކުރުމުން، އެއްވެސް ކަމެއް ހަނދާނުގައި ނެތް ކަމަށް ވަނީ ބުނެފަ އެވެ.
އެ ހާދިސާ ރިޕޯޓުކުރި ވަގުތުން ފެށިގެން، ފުލުހުންގެ އެކި ޑިޕާޓުމަންޓުތަކުން އަމަލުކޮށްފައިވާ ގޮތުގެ މައްޗަށް ބަލައިފަ އެވެ.
އެއާ އެކު، އެ ރިޕޯޓުގައި ވަނީ ފުލުހުންގެ ފަރާތުން މިފަދަ އިހުމާލުތައް ތަކުރާރުވިޔަ ނުދިނުމަށްޓަކައި، އެ ޑިޕާޓުމަންޓުތަކުގެ އެސްއޯޕީއަށް އެ ފުލުހުން އަލުން އަހުލުވެރިކޮށް، އިތުރަށް ތަމްރީން ކުރަންޖެހޭ ކަމަށް ބުނެފަ އެވެ.އަދި މި ހާދިސާގައި ފަރުވާކުޑަކުރި ފުލުހުންގެ މައްސަލަ ބަލައި، އިސްލާހީ ފިޔަވަޅު އެޅުން މުހިންމު ކަމަށް ކޮމިޝަނުން ދެކޭ ކަމަށް އެ ރިޕޯޓުގައި ބުންޏެވެ.
ޔުމްނު ވެއްޓުނީތޯ ނުވަތަ ވައްޓާލީތޯ ދެނެގަތުމަށް ދެމީހުން ހަރަކާތްތެރިވާ ސީސީޓިވީ ފުޓޭޖްތައް ބެލިއިރު، އެތަނުގައި އެވަގުތު އެދެ މީހުން ފިޔަވައި އިތުރު މީހަކު ނެތުމުންނާއި، ޔުމްނުގެ ބަހެއް ކޮމިޝަނަށް ލިބިފައި ނުވާތީ ގަސްތުގައި ރައުދު، ޔުމްނު ވައްޓާލީކަން ނުވަތަ ނޫންކަން ކޮމިޝަނަށް ކަނޑައެޅެން ނެތް ކަމަށް ރިޕޯޓުގައިވެ އެވެ.
މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ
ޔުމްނު ވެއްޓުނު ތަހުގީގުގައި ފުލުހުން ފަރުވާކުޑަ، ފިޔަވަޅު އަޅަންޖެހޭ: ކޮމިޝަން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ