މެޒޯ މުހައްމަދަކީ ޑިމޮކްރަސީއަށް ރާއްޖެ ކުރި ދަތުރުގެ ހިއްސާދާރެއް: ރައީސް ނަޝީދު
މަޝްހޫރު ލަވަކިޔުންތެރިޔާ މުހައްމަދު މާޖިދު (މެޒޯ މޯޑް) އަކީ ރާއްޖެ ޑިމޮކްރަސީއަށް ކުރި ދަތުރުގެ ހިއްސާދާރެއް ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.މެޒޯ މުހައްމަދު ނިޔާވުމުގެ ހިތާމައިގައި ސޯޝަލް މީޑިއާގައި ހިއްސާކުރެެއްވި ޕޯސްޓެއްގައި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ މެޒޯ މުހައްމަދަކީ އެމަނިކުފާނުގެ އެންމެ ގާތް ރަހުމަތްތެރިންގެ ތެރެއިން އެއް ބޭފުޅާކަމަށެވެ. އެގޮތުން މެޒޯ މުހައްމަދަކީ އެމަނިކުފާނުގެ އާއްމު މަސައްކަތުގެ ބޮޑު ބައިވެރިއެއްކަމަށްވެސް ރައީސް ނަޝީދު ވިދާޅުވި އެވެ.ރައީސް ނަޝީދުގެ ޕޯސްޓުގައި ވަނީ މެޒޯ މުހައްމަދަކީ ޑިމޮކްރަސީއަށް ރާއްޖެ ކުރި ދަތުރުގެ ހިއްސާދާރެއްކަންވެސް ފާހަގަކުރައްވާފަ އެވެ."ރާއްޖެ ޑިމޮކްރަސީއަށް ކުރި ދަތުރުގެ ހިއްސާދާރެކެވެ. މުހައްމަދަށް ސުވަރުގޭގެ މަތިވެރި ނިއުމަތް މިންވަރު ކުރައްވަވާ އާއިލާއަށް ކެތްތެރިކަން ދެއްވާށި،" ނަޝީދުގެ ޕޯސްޓުގައިވެ އެވެ.މަޝްހޫރު އަންހެން ލަވަކިޔުންތެރިޔާ މީރާ މުހައްމަދު މާޖިދުގެ ބައްޕަ މެޒޯ މޯޑް 59، ނިޔާވީ ހާލު ދެރަވެގެން އައިޖީއެމްއެޗްގައި ފަރުވާދެމުން ދަނިކޮށް މިއަދުގެ ހަވީރުގެ ވަގުތެއްގަ އެވެ. އެނގިފައިވާ ގޮތުގައި އޭނާ ނިޔާވީ ހާޓް އެޓޭކެއް ޖެހިގެންނެވެ.ނުވަދިހައިގެ އަހަރުތަކުގައި ދިވެހިންގެ މެދުގައި ބޮޑު މަގުބޫލު ކަމެއް ހޯދި "މެޒޯ" ބޭންޑާ އެކު ނުކުތުމުގެ ކުރިން ކްލަބް ކޯބްރާސް އާއި ކްރީމް އޮފް އެސިޑް އަދި އޭރުގެ މަޝްހޫރު ކްއިކް ސޭންޑާއި ޓްވެންޓިއަތު ސެންޗުރީ ބީސީ އަށް މެޒޯ މޯޑް މިއުޒިކް ކުޅުނެވެ.އޭނާ މިއުޒިކީ ދާއިރާ އަށް ނުކުތީ 1977 ގައި ކްލަބް ކޯބްރާސްއިންނެވެ.މެޒޯގެ އާދަޔާ ހިލާފު މޮޅު ޅެންތަކާއި މެލޮޑީތަކުގެ ޖާދޫގައި ޖެހިފައިވާ އެތައް ސަޕޯޓަރުންނެއް ވެސް އަންނަނީ އޭނާގެ ކުއްލި ވަކިވުމުގެ ހިތާމަ ފާޅުކުރަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ