ހދ. މަކުނުދޫ އަދި ފ. ނިލަންދޫގައި މި މަހު އައިޑީކާޑުގެ ޚިދުމަތް ފެށިގެންދާނެކަމަށް ހޯމް މިނިސްޓްރީން ބުނެފިއެވެ.
ހޯމް މިނިސްޓްރީން ބުނީ އައިޑީކާޑުގެ ޚިދުމަތް މުޅި ރާއްޖެއަށް ފުޅާކުރުމުގެ މަޝްރޫއުގެ ދަށުން މިހާތަނަށް 7 ރަށެއްގައި މި ޚިދުމަތް ފަށާފައިވާއިރު މި މަހުގެ ތެރޭގައި ހދ. މަކުނުދޫ އަދި ފ. ނިލަންދޫގައި އައިޑީކާޑުގެ ޚިދުމަތް ފެށިގެންދާނެ ކަމަށެވެ.
އައިޑީކާޑުގެ ހިދުމަތް ފަށާފައިވާ 7 ރަށަކީ ހއ. އިހަވަންދޫ، ހއ. ދިއްދޫ، ހއ. ކެލާ، ރ. އުނގޫފާރު، ރ. އަލިފުށީގެ އިތުރުން ނ. މަނަދޫ އާއި ކެނދިކުޅުދޫއެވެ.
އައިޑީކާޑު، ޕްރިންޓް ކުރުމުގެ ޚިދުމަތް ފުރަތަމަ ފަހަރަށް އަތޮޅުތެރޭގެ ރަށެއްގައި ފަށާފައިވަނީ ގއ. ވިލިނގިލީގައެވެ. އަދި މި ޚިދުމަތް ދ. ކުޑަހުވަދޫގައި ފެއްޓީ މިދިޔަ އަހަރުގެ ނޮވްމެބަރު މަހުގެ 5ވަނަ ދުވަހުއެވެ. މީގެ އިތުރުން އައިޑީކާޑް ޕްރިންޓްކޮށް ދޫކުރުމުގެ ޚިދުމަތް ހުޅުމާލެ އާއި ވިލިމާލޭގައިވެސް މިދިޔަ އަހަރު ވަނީ ފަށާފައެވެ.
ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑާއި ޕާސްޕޯޓުގެ ޚިދުމަތް ރައްޔިތުންނާ ގާތުން އަވަހަށް ފޯރުކޮށްދިނުމުގެ ކަންކަން މުޅި ރާއްޖެއަށް ފުޅާކުރުމުގެ މަޝްރޫއު އިފްތިތާހުކޮށްފައި ވަނީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 16ވަނަ ދުވަހުއެވެ.
މަކުނުދޫ އާއި ނިލަންދޫގައި މި މަހު އައިޑީކާޑުގެ ޚިދުމަތް ފަށަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ