ގޯލްޑަން ފުޓްސަލް ޗެލެންޖް: ނައިވާދޫން ތިން ވަަނަ ފަހަރަށް ޒޯން ތަށި ކާމިޔާބުކޮށްފި ގޯލްޑަން ފުޓްސަލް ޗެލެންޖް: ނައިވާދޫން ތިން ވަަނަ ފަހަރަށް ޒޯން ތަށި ކާމިޔާބުކޮށްފި

ގޯލްޑަން ފުޓްސަލް ޗެލެންޖު 2025 ގެ ޒޯން އެކެއްގެ ފައިނަލުގައި ހއ. ދިއްދޫ އަތުން 2-0 އިން މޮޅުވެ، ހދ. ނައިވާދޫން ތިން ވަނަ ފަހަރަށް މި ޒޯނުގެ ތަށި ހޯދައިފި އެވެ.
ޒޯނު ބުރުގައި ނައިވާދޫން ވަނީ ދެ ފަަހަރެއްގެ މަތިން ދިއްދޫ އަތުން މޮޅުވެފަ އެވެ. އެ ގޮތުން، ޒޯނުގެ ލީގު ބުރުގައި، 6-1 އިން ދިއްދޫ އަތުން ނައިވާދޫ މޮޅުވި އެވެ.
ނައިވާދޫން ޒޯން ތަށި ހޯދާފައިވަނީ، 2018، 2023 އަދި 2025 އިންނެވެ. މިދިޔަ އަހަރު ޒޯން ފައިނަލުގައި، ނައިވާދޫ ބަލިވީ، ހއ. އުތީމު އަތުންނެވެ.
މި ފަހަރުގެ ޒޯން ފައިނަލުގައި ނައިވާދޫ އަށް ލަނޑުތައް ޖަހައިދިނީ، އަހުމަދު ހަމީދު (އައްމަޑޭ) އާއި އަބްދުﷲ ޝާފިއު (ޝާއްޕެ) އެވެ.
މި ޒޯނުގެ އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާގެ މަގާމު ހޯދީ، ފައިނަލް މެޗުގެ މޮޅު ކުުޅުންތެރިޔާ، އައްމަޑޭ އާއި ދިއްދޫގެ އަލީ ސާމް އެވެ. އަދި މި ޒޯނުގެ އެންމެ މޮޅު ކުޅުންތެރިއަކީ، ޝާއްޕެ އެވެ.
ނައިވާދޫން ގަދަ 16 ޓީމުގެ ބުރުގައި ނުކުންނާނީ، މައްޗަންގޯޅިއާ ދެކޮޅަށެވެ. އަދި ދިއްދޫން ބައްދަލުކުރާނީ، ގދ. ވާދޫއާ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ