ގޯލްޑަން ފުޓްސަލް ޗެލެންޖު: ޗެމްޕިއަން އޭދަފުށްޓާ ދެކޮޅަށް ގަދަ 16 ގައި ދަޑިމަގު ގޯލްޑަން ފުޓްސަލް ޗެލެންޖު: ޗެމްޕިއަން އޭދަފުށްޓާ ދެކޮޅަށް ގަދަ 16 ގައި ދަޑިމަގު

ގޯލްޑަން ފުޓްސަލް ޗެލެންޖު 2025 ގެ އެންމެ ފަހުގެ ޗެމްޕިއަން، ބ. އޭދަފުށިން މި ފަަހަރުގެ މުބާރާތުގެ ގަދަ 16 ބުރުގައި، ޒޯން ހަތެއްގެ ރަނަރަޕަށް ދިޔަ، ޏ، ފުވައްމުލަކު ސިޓީގެ ދަޑިމަގާ ދެކޮޅަށް ކުޅެން ޖެހިއްޖެ އެވެ.
ގޯލްޑަން ފުޓްސަލް ޗެލެންޖުގެ ގަދަ 16 ޓީމުގެ ގުރުއަތުލުން ކުރިއަށްގެންގޮސްފައިވަނީ، ހަތަރު ޕޮޓަކަށް ބަހާލައިގެންނެވެ. އެއީ ޕޮޓް އެކެއްގައި ހިމެނޭ ޓީމުތައް ޕޮޓް ދޭއްގެ ޓީމުތަކާ ކުޅޭ ގޮތަށެވެ. އަދި ޕޮޓް ތިނެއްގައި ހިމެނޭ ޓީމުތައް ޕޮޓް ހަތަރެއްގައި ހިމެނޭ ޓީމުުތަކާ ކުޅޭ ގޮތަށެވެ.
އެ ގޮތުން، ޕޮޓް އެކެއްގައި ހިމެނެނީ، ޒޯން އެކެއް، ޒޯން ދޭއް، ޒޯން ތިނެއް އަދި ޒޯން ހަތަރެއްގެ ޗެމްޕިއަން ޓީމުތަކެވެ. އަދި ޕޮޓް ދޭއްގައި ހިމެނެނީ، ޒޯން ފަހެއް، ޒޯން ހައެއް، ޒޯން ހަތެއް އަދި ޒޯން އަށެއްގެ ރަނަރަޕް އެވެ.
ޕޮޓް ތިނެއްގައި، ޒޯން ފަހެއް، ޒޯން ހައެއް، ޒޯން ހަތެއް އަދި ޒޯން އަށެއްގެ ޗެމްޕިއަނުން ހިމެނޭއިރު، ޕޮޓް ހަތަރެއްގައި ހިމެނޭނީ، ޒޯން އެކެއް، ޒޯން ދޭއް، ޒޯން ތިނެއް އަދި ޒޯން ހަަތަރެއްގެ ރަނަރަޕް އެވެ.
އޭދަފުށި ލައްވާލައިފައި ވަނީ އެންމެ ވަރުގަދަ ފަޅީގަ އެވެ. އެ ގޮތުން، މި ފަޅީގައި ކުޅޭ މެޗުތަކަށް ބަލާއިރު، އޭދަފުށްޓާއި ދަޑިމަގުގެ މެޗުގެ އިތުރުން، ދެން، އޮތީ ރ. އަތޮޅުގެ ޗެމްޕިއަން، އިނގުރައިދޫ އާއި ލ. ގަން ބައްދަލުކުރާ މެޗާއި އދ. މަހިބަދޫ އާއި ފ. ދަރަނބޫދޫ ބައްދަލުކުރާ މެޗުގެ އިތުރުން، ހދ. ނައިވާދޫ އާއި މައްޗަންގޯޅި ކުޅޭ މެޗެވެ.
އަނެއް ފަޅީގެ މެޗުތަކަށް ބަލާއިރު، އއ. މަތިވެރިން ކުޅެން ޖެހުނީ ދ. ކުޑަހުވަދޫއާ އެވެ. ގދ. ވާދޫން ކުޅެން ޖެހޭނީ ހއ. ދިއްދޫއާ އެވެ. ވިިލިމާލޭން ކުޅޭނީ ރ. ދުވާފަރުއާ އެވެ. އަދި، މި މުބާރާތުގެ އެންމެ ކާމިޔާބު ޓީމު، ތ. ތިމަރަފުށިން ކުޅޭނީ، ކ. ކާށިދޫއާ އެެވެ.
ގޯލްޑަން ފުޓްސަލް ޗެލެންޖުގެ ގަދަ 16 ބުރުގެ އަށް މެޗުގެ ކުޅުން ވެސް ކުރިއަށްދާނީ އަންނަ ހޮނިހިރު ދުވަހުގެރޭގަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ