ޔޫކްރެއިން ހަނގުރާމައާއި ބެހޭގޮތުން ޓްރަމްޕް އާއި ޕޫޓިން މަޝްވަރާކޮށްފި

ޔޫކްރެއިން އާއި ރަޝިއާއާ ދެމެދު ހިނގަމުންދާ ވަރުގަދަ ހަނގުރާމައާއި ބެހޭގޮތުން ޓްރަމްޕް އާއި ޕޫޓިން މަޝްވަރާކޮށްފިއެވެ.
ގަޑިއެއް ހާއިރަށް ދެމިގެންދިޔަ ފޯންކޯލްގެ މަޝްވަރާތަކަށްފަހު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެފައިވަނީ ރަޝިޔާގެ ރައީސް ވްލަޑިމީރް ޕޫޓިންއާއެކު "ދިގު އަދި ވަރަށް ފައިދާހުރި" މަޝްވަރާއެއް ކުރެއްވި ކަމަށެވެ.
"އެހެންނަމަވެސް އެންމެ ފުރަތަމަ، އަޅުގަނޑުމެން ދެމީހުން އެއްބަސްވި ގޮތުގައި، ރަޝިޔާ/ޔުކްރެއިން ހަނގުރާމައިގައި މަރުވަމުންދާ މިލިއަނުން މީހުން މަރުވުން ހުއްޓުވަން ބޭނުންވޭ،" "ރައީސް ޕިއުޓިން ވެސް އަޅުގަނޑުގެ ވަރަށް ވަރުގަދަ ކެމްޕޭން ޝިއާރު ކަމަށްވާ 'ކޮމަން ސެންސް' ބޭނުންކުރެއްވި. އަޅުގަނޑުމެން ދެމީހުން ވެސް އެކަމަށް ވަރަށް ބޮޑަށް ޤަބޫލުކުރަން." ޓްރަމްޕް ވިދާޅުވިއެވެ.
ޔޫކްރެއިން ހަނގުރާމަ ފެށުނީ 2022 ވަނަ އަހަރުގެ ފެބްރުއަރީ މަހުގައި ރަޝިޔާއިން ޔުކްރެއިނަށް ހަމަލާދިނުމާ ގުޅިގެންނެވެ. އޭގެ ފަހުން މިހާތަނަށް ގިނަ އަދަދެއްގެ މީހުން ވަނީ މަރުވެ، ލައްކައިން މީހުން ވަނީ ގެދޮރު ދޫކޮށް ފިލާފައެވެ. މި ހަނގުރާމައިގެ ސަބަބުން ދުނިޔޭގެ އިޤްތިޞާދަށް ވެސް ވަނީ ބޮޑެތި އަސަރުތަކެއް ކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ