ޢުމުރާ ދަތުރެއްގައި ޙަރަމްފުޅުގައި ކުރާ ނަމާދަށް ދެއްވަވާނެ ޘަވާބު އެނގޭނަމަވެސް ޢުމްރާވުމަށް އަވަސްވެގަންނާނެ!

ތަނަވަސްކަން ހުރިނަމަ ޢުމުރާވާށެވެ! ޢުމްރާ ނުވެ ނުތިބޭށެވެ! ޢުމުރާވުމަކީ އަހަރުގެ ކޮންމެ ހިސާބެއްގަިވެސް ވެވެން އޮތް ކަމެކެވެ. 
ވިސްނައިލާށެވެ! ޙައްޖުކިޔޫ މިހާރުވެސް ވަނީ އެތައް އަހަރަކަށް ދިގުވެފައެވެ. ފައިސާ ދައްކައިގެން ހުރިނަމަ އެމީހެއްގެ ޒިންމާ އަދާކުރެވުނީނަމަވެސް އެއީ ފުދުނީ ކަމަށް ބަލައި ނިންމައި ނުލާށެވެ! މަރުވާނެ ވަޤުތެއް ނުއެނގޭނެއެވެ. ވީމާ ތަނަވަސްކަންހުރިނަމަ ޢުމުރާ ނުވެ ތިބެން ހެޔޮނުވާނެއެވެ.  
ހަމައެއާއިއެކު ވިސްނަން އޮތް ކަމަކީ ޙައްޖުނުވެވި ހުންނަންޖެހުމަކީ ޢުމުރާއަށް ދިއުމަށް އޮތް ހުރަހެއް ނޫންކަމެވެ.  
ޢުމްރާއަށް ދިއުމަށް ކުރަންޖެހޭ ހޭދައަށް ނުވެސް ވިސްނާށެވެ! ތިބާގެ އަތުގައި ތިއަހުރީ ﷲ ތަޢާލާ ދެއްވެވި އެއްޗެކެވެ. ﷲ ތަޢާލާގެ މަގުގައި ހޭދަކުރުމަކީ ތަނަވަސްކަން އިތުރުކޮށް ދެއްވަވާނެ ކަމެކެވެ.  
ހަމަ އެއާއިއެކު ވިސްނައިލާށެވެ! ޙަރަމްފުޅުގައި ކުރެވޭ ކޮންމެ ނަމާދަކަށް 100000 (އެއް ލައްކަ) ނަމާދުގެ ޘަވާބު ﷲ ތަޢާލާ ދެއްވަވަތެވެ. ޢުމުރާ ދަތުރެއްގައި ގުރިހާ ފަރުޟު ނަމާދުތަކާއި ވީހާ ގިނައިން ސުންނަތް ނަމާދުކޮށްފި މީހަކަށް އެލިބިގަނެވެނީ ކިހައި ގިނަ ޘަވާބުކަމާއިމެދު ވިސްނައިލާށެވެ!  
މިޘާލަކަށް ބުނާނަމަ އެއް ލައްކަ މެންދުރު ނަމާދު ކުރެވޭނީ ގާތްގަނޑަކަށް 274 އަހަރު ދުނިޔޭގައި ހުރެވުނު ނަމައެވެ. ވީމާ އެންމެ ދުވަހެއްގެ ފަރުޟް ފަސްނަމާދު ޙަރަމްފުޅުގައި ކުރެވިއްޖެނަމަ އެލިބިގަނެވެނީ 274 އަހަރު ފަރުޟް 5 ނަމާދުކުރިކަމުގެ ޘަވާބެވެ. ދަތުރުގެ 14 ދުވަހު ކުރެވިއްޖެނަމަ ދެއްވަވާނެ ޘަވާބު ހިތަށް ގެންނާށެވެ! މިބުނި ގޮތަށް ހިސާބު ބަލައިފިނަމަ، 14 ދުވަހުގެ ދަތުރަކުން ދަތުރަށް 2 ދުވަސް ކަނޑައި 12 ދުވަހު ޙަރަމްފުޅުގައި 12 ދުވަހު ފަރުޟް ނަމާދުތައް ކުރެވިއްޖެނަމަ އެއީ 3288 އަހަރު ނަމާދުކުރުމުގެ ޘަވާބެވެ.  
ދުޢާއަކީ ޢުމްރާގައި ކުރާ ނަމާދުތަކާއި އެހެން އަޅުކަމާއި ދުޢާތައް ﷲ ތަޢާލާ ޤަބޫލުފުޅުކުރެއްވެވުމެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ