މާލޭގައި ހުއްދަ ނެތި މުޒާހަރާ ކުރެވޭ ތަންތަން އިތުރު ކޮށްފި

ސުލްހަވެރިކަމާއެކު އެއްވެއުޅުމުގެ މިނިވަންކަމުގެ ގާނޫނުގެ ދަށުން މީގެ ކުރިން ހުއްދަ ނުހޯދައި މުޒާހަރާ ކުރެވެނީ ކާނިވާ ސަރަހައްދުގައި އެކަންޏެވެ. އެހެން ތަންތަނުގައި މުޒާހަރާ ކުރާނަމަ ފުލުހުންގެ ހުއްދަ ހޯދަން ޖެހެ އެވެ.
ހުއްދަ ނުހޯދައި މާލޭގައި މުޒާހަރާ ކުރެވޭނެ ސަރަހައްދުތައް އިތުރު ކޮށްފި އެވެ.
ސުލްހަވެރިކަމާއެކު އެއްވެއުޅުމުގެ މިނިވަންކަމުގެ ގާނޫނުގެ ދަށުން މީގެ ކުރިން ހުއްދަ ނުހޯދައި މުޒާހަރާ ކުރެވެނީ ކާނިވާ ސަރަހައްދުގައި އެކަންޏެވެ. އެހެން ތަންތަނުގައި މުޒާހަރާ ކުރާނަމަ ފުލުހުންގެ ހުއްދަ ހޯދަން ޖެހެ އެވެ.ހޯމްލޭންޑް މިނިސްޓްރީން މިއަދު ކުރި އިއުލާނެއްގައި ބުނީ އެ ގާނޫނުގެ ދަށުން ހުއްދަ ނުހޯދައި ސުލްހަވެރި އެއްވުންތައް ބޭއްވޭ ގޮތަށް އެންމެ ސަރަހައްދެއް ކަނޑައަޅާފައިވާތީ އެއްވެ އުޅުމުގެ ފުރުސަތުތައް އިތުރަށް ފަހި ކުރުމަށް ނިންމާފައިވާ ކަމަށެވެ.އެހެންކަމުން، ފުލުހުންގެ ހިދުމަތުން ލިޔުމުން ދޭ ހުއްދައާ ނުލައި މާލޭގައި އެއްވެސް ބާވަތެއްގެ އެއްވުމެއް ނުވަތަ ހިނގާލުމެއް ނުވަތަ އުޅަނދުބުރެއް ބޭއްވޭނެ ސަރަހައްދުތަކުގެ ގޮތުގައި އިތުރުން ތިން ސަރަހައްދެއް މިނިސްޓްރީން ވަނީ އިތުރުކޮށްފަ އެވެ. އެއީ؛
ފުލުހުންގެ ހުއްދަ ހޯދައިގެން ނޫނީ މުޒާހަރާ ނުކުރެވޭނެ ކަމަށް ގާނޫނުގައި އޮތް ނަމަވެސް، މާލޭގެ އެކި ތަންތަނުގައި އެކި ފަރާތްތަކުން ވަނީ މިދިޔަ އަހަރުތަކުގައި މުޒާހަރާ ކޮށްފަ އެވެ. އަދި މިހާރު ވެސް މާލޭގެ މަޖީދީ މަގުގައި ދަނީ ސިލްސިލާކޮށް މުޒާހަރާތައް ކުރަމުންނެވެ.
މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ