ޔުބިސޮފްޓްގެ އޯޕަން ވޯލްޑް ފަސްޓް ޕާސަން ޝޫޓާ ގޭމް، ފާ ކްރައި 4 ، ރިލީޒް ކުރިތާ 10 އަހަރު ފަހުން ބޮޑު އަޕްޑޭޓެއް ނެރެފި އެވެ.
މި އަޕްޑޭޓާއެކު މިހާރުގެ ޖީލުގެ ކޮންސޯލްތަކުގައި ގޭމްގެ ޕަރފޯމަންސް ރަނގަޅުވެގެން ދާނެއެވެ. މި އައު ޕެޗާއެކު، ޕީއެސް5 އަދި އެކްސްބޮކްސް ސީރީޒް އެސް/އެކްސްގައި މި ގޭމް މިހާރު 60 އެފްޕީއެސްގައި ކުޅެވޭނެ އެވެ.
ޔުބިސޮފްޓް މޮންޓްރިއަލްއިން ތައްޔާރުކޮށްފައިވާ ފާ ކްރައި 4 ވަނީ 2014 ވަނަ އަހަރު ޕީސީ، ޕީއެސް4، ޕީއެސް5، އެކްސްބޮކްސް 360 އަދި އެކްސްބޮކްސް ސީރީޒް އެސް/އެކްސްއަށް ނެރެފަ އެވެ.
ޕެޗް 1.08 އަކީ މިހާރުގެ ޖީލުގެ ކޮންސޯލްތަކުގައި 60 އެފްޕީއެސްގެ ޕަރފޯމަންސް ގެނެސްދޭ ހިލޭ އަޕްޑޭޓެކެވެ. ޕީއެސް5 ބޭނުންކުރާ ފަރާތްތަކުން އެންމެ ފުރަތަމަ މި އަޕްޑޭޓް ފާހަގަކޮށް، އޮންލައިންކޮށް އެކަން ހިއްސާކުރުމަށްފަހު، އަންގާރަ ދުވަހު ޔުބިސޮފްޓުން މިކަން ކަށަވަރުކޮށްދިނެވެ.
"މި ހިލޭ އަޕްޑޭޓްގެ ސަބަބުން، ފާ ކްރައި 4 މިހާރު އެކްސްބޮކްސް ސީރީޒް އެކްސް|އެސް، ޕްލޭސްޓޭޝަން 5، އަދި ޕީއެސް5 ޕްރޯގައި 60 ފްރޭމްސް ޕަރ ސެކަންޑްގައި ކުޅެވޭނެ،" ކުންފުނިން ބްލޮގް ޕޯސްޓެއްގައި ބުނެފައިވެއެވެ.
މި ހިލޭ ޕެޗާއެކު، ޕީއެސް5 އަދި އެކްސްބޮކްސް ސީރީޒް އެސް/އެކްސް ބޭނުންކުރާ ފަރާތްތަކަށް މި ގޭމްގެ ސެޓިންގއަށް ވަދެ، އިތުރަށް ސްމޫތްކޮށް ގޭމްޕްލޭ އެކްސްޕީރިއަންސް ކުރެވޭނެއެވެ.
މީގެ ކުރިން މިހާރުގެ ޖީލުގެ ކޮންސޯލްތަކުގައި މި ގޭމް ކުޅެވެމުން އައީ 30 އެފްޕީއެސްގައެވެ. މި އަޕްޑޭޓް އައިސްފައި މިވަނީ ފާ ކްރައި 4 އެކްސްބޮކްސް ގޭމް ޕާސްއަށް އިތުރުކުރެވޭ ވަގުތުގައެވެ.
މި ގޭމް މައިކްރޯސޮފްޓްގެ ސަބްސްކްރިޕްޝަން ސަރވިސްގައި ބުދަ ދުވަހު، އޭޕްރިލް 30 ވަނަ ދުވަހުން ފެށިގެން ލިބޭނެއެވެ.
ފާ ކްރައި ފޯއަށް ދިހަ އަހަރަށް ފަހު ބޮޑު އަޕްޑޭޓެއް ފާ ކްރައި ފޯއަށް ދިހަ އަހަރަށް ފަހު ބޮޑު އަޕްޑޭޓެއް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ