މި ސަރުކާރުން ހުރީ މީޑިއާގެ މުސްތަގިއްލުކަމާއި މިނިވަންކަމާއި ޒިންމާދާރުކަން ދަމަހައްޓައި ކަށަވަރުކުރުމުގެ އަޒުމުގައި ކަމަށް، ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހުގެ މުނާސަބަތުގައި 'އެކްސް'އަށް ދޫކުރެއްވި މެސެޖެއްގައި ރައީސް ވަނީ، ދިމިގްރާތީ މުޖުތަމައުތަކާއި އިންސާނީ ހައްގުތަކާއި އަދުލުއިންސާފު ކުރިއެރުވުމަށްޓަކައި ނޫސްވެރިން ކުރައްވާ މަސައްކަތް ފާހަގަކުރައްވައި، ދުނިޔޭގެ އެކި ކަންކޮޅުތަކުގެ ނޫސްވެރިން ކުރާ ހިތްވަރަށާއި މަސައްކަތަށް ތައުރީފްކުރައްވައިފައެވެ.
"ދުނިޔޭގެ ނޫސްވެރިކަމުގެ މިނިވންކަމުގެ ދުވަހުގެ މި މުނާސަބަތުގައި، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އިތުބާރު ހުރި ރިޕޯޓުތައް ގަވައިދުން ނެރުމަށް ނޫސްވެރިން ކުރާ ހިތްވަރަށް އަޅުގަނޑު ތައުރީފު ކުރަން،" ރައީސް ލިޔުއްވާފައިވެއެވެ.
ނޫސްވެރިކަމުގެ މިނިވންކަމުގެ ދުވަހުގެ މި އަހަރުގެ ޝިއާރަކީ 'ހިތްވަރުގަދަ އާ ދުނިޔެއެއްގައި ރިޕޯޓްކުރުން: އާޓިފިޝަލް އިންޓެލިޖެންސް ނުވަތަ އޭއައިގެ ސަބަބުން ނޫސްވެރިކަމުގެ މިނިވަންކަމަށާއި މީޑިއާ އަށް ކުރާ އަސަރު' އެވެ.
ރައީސް ވިދާޅުވީ ޒިންމާދާރުކަމާ އެކީ އޭއައި ބޭނުންކުރެވިއްޖެ ނަމަ، ދޮގު މައުލޫމާތާ ދެކޮޅަށް ވެސް ބޭނުންކުރެވިދާނެ ކަމަށާއި، އެކި މައުލޫމާތުތައް ތަހްލީލުކުރުމަށް ބޭނުންކުރެވިދާނެ ކަމަށެވެ.
ރައީސް ވަނީ، ދެފުށްފެންނަ ގޮތެއްގައި ބޭނުންކުރެވިއްޖެ ނަމަ، އޭއައި އަކީ މައުލޫމާތު ތަހުލީލުކުރުން އޮޓޮމޭޓްކޮށް، އުފެއްދުންތައް ދުރަށް ފޯރުކޮށްދިނުމުގެ ހިދުމަތް އިތުރަށް ފުރިހަމަކޮށް، ދޮގު މައުލޫމާތާ ދެކޮޅަށް އަޑުއުފުލުމުގައި ވެސް ބޭނުންކުރެވިދާނެ އާލާތެއް ކަމަށް ވިދާޅުވެފައެވެ.
ސަރުކާރު އޮތީ މީޑިއާގެ މިނިވަންކަން ދެމެހެއްޓުމުގެ އަޒުމުގައި: ރައީސް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ