ޞިއްޙަތަށް ދޭންޖެހޭ ސަމާލުކަން ނުދެވޭނަމަ މީހާއަށްވުރެ އަވަހަށް މީހާގެ ހިތް މުސްކުޅިވެ ޞިއްޙަތަށް ބޮޑެތި ގެއްލުންތައް ލިބޭކަމަށް ދައްކައިފި!

ޞިއްޙަތަށް ދޭންޖެހޭ ސަމާލުކަން ނުދީ އުޅެމުން ގެންދާނަމަ މީހާއަށްވުރެ އަވަހަށް މީހާގެ ހިތް މުސްކުޅިވެ ޞިއްޙަތަށް ބޮޑެތި ގެއްލުންތައް ލިބި ބޮޑެތި މައްސަލަތައް ކުރިމަތިވާކަމަށް ދިރާސާއަކުން ދައްކައިފިއެވެ.  
އެދިރާސާގައި މިމައްސަލަ ދިމާވާ ސަބަބުތައްކަމަށް ފާހަގަކޮށްފައިވާ ކަންކަމުގެ ތެރޭގައި ޞިއްޙަތަށް ގެއްލުންހުރި ކާނާ ކެއުމާއި ސަރުބީ ގިނަ ކާނާ ކެއުމުން ލޭހޮޅިތަކުގައި ސަރުބީ ޖެހުމާއި ކަސްރަތު ނުކުރުމުގެ ސަބަބުން ފަލަވެ ބަނޑުގައި މަސްޖެހުން (ބަނޑުލުން) ފަދަ ކަންކަން ވަނީ ފާހަގަކޮށްފައެވެ.  
މީގެ އިތުރުން ދުންފަތުގެ އިސްތިޢުމާލުކުރުމާއި ބަނގުރާބުއިން ފަދަ ޞިއްޙަތަށް ގެއްލުންހުރި ނާރުތަކަށް ބޮޑެތި ގެއްލުން ލިބޭ ކަންކަންވެސް ވަނީ ފާހަގަކޮށްފައެވެ.  
ދިރާސާއި މީހާއަށްވުރެ ހިތް މުސްކުޅިވާލެއް އަވަސްކަމަށް އެބުނަނީ މިޘާލަކަށް މީހާއަށް 40 އަހަރުވާއިރު ހިތަށް ލިބޭ ގެއްލުންތަކުގެ ސަބަބުން ހިތް ބަލިކަށިވަމުން ގޮސް 60، 70 އަހަރުގެ މީހެއްގެ ހިތާއި އެއްވަރަށް ބަލިކަށިވުމަށެވެ. އެހެންކަމުން ދިރާސާގައި ފާހަގަކޮށްފައި އެވާ ޞިއްޙަތަށް ގެއްލުންލިބޭ ކަންކަމާއި ދުރުހެލިވެ ހިތަށް ފުރިހަމަ ޞިއްޙަތެއް ހޯދައިދޭން މަސައްކަތްކުރަން މިވަނީ ޖެހިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ