ރައީސްގެ އެދިވަޑައިގަތުމަށް ބެންކުން އަވަސް ނިންމުމެއް: ހައްޖުވެރިންގެ ޑެބިޓު ކާޑުގެ ލިމިޓު 2،000 ޑޮލަރަށް

ދިވެހިރާއްޖެއިން މިފަހަރު ހައްޖަށް ވަޑައިގަންނަވާ މީހުންނަށް 1،750 ޑޮލަރުގެ ލިމިޓެއް ހަމަޖައްސަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އެދިވަޑައިގަތުމުން އްޖުވެރިންގެ ޑެބިޓު ކާޑުތަކުން ބޭރު ފައިސާގެ މުއާމަލާތްކުރެވޭނެ މިންވަރު 2،000 ޑޮލަރަށް އިތުރުކޮށްދިނުމަށް ބޭންކް އޮފް މޯލްޑިވްސްއިން ނިންމައިފި އެވެ.  
ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ޑރ.މުއިއްޒު ވިދާޅުވީ، ޙައްޖަށް ވަޑައިގަންނަވާ ފަރާތްތަކަށް ބޭންކްގެ ރަސްމީ ރޭޓުގައި ޑޮލަރު ހޯދުމުގައި ލުއި ފަސޭހަ ޙައްލެއް ހަމަޖައްސައިދިނުމުގެ ގޮތުން، ކޮންމެ ޙައްޖު ވެރިއެއްގެ ބޭންކް އޮފް މޯލްޑިވްސް ޑެބިޓް ކާޑަށް، މިހާރު އޮންނަ ޑޮލަރުގެ ލިމިޓުގެ އިތުރުން 1750 އެމެރިކާ ޑޮލަރުގެ ލިމިޓެއް ހަމަޖައްސައި ދިނުމަށް ބީއެމްއެލްގައި ގައި އެދިފައިވާނޭކަމަށެވެ.
މި ޕޯސްޓްގައި ރައީސް ވަނީ ދިވެހި ރައްޔިތުންގެ ބޭންކެއްގެ ގޮތުގައި ކުރައްވަމުން ގެންދަވާ ގިނަގުނަ މަސައްކަތްތަކަށްޓަކައި ބޭންކް އޮފް މޯލްޑިވްސް އަށް ވަރަށް ބޮޑަށް ޝުކުރު އަދާކޮށްފައެވެ.
Advertisement
ރައީސްގެ މި އެދިވަޑައިގަތުމަށް އަވަސް ނިންމުމެއް ނިންމުމަށް ފަހު ގައުމީ ބެންކުން ބުނީ ޑެބިޓު ކާޑުތަކަށް މަހެއްގެ މައްޗަށް ލިމިޓެއްގެ ގޮތުގައި ކަނޑައަޅާފައިވާ 250 ޑޮލަރުގެ ލިމިޓުގެ އިތުރަށް ހައްޖުވެރިންނަށް 1،750 ޑޮލަރު ލިބޭނެ އެވެ. އެއާއެކު ކާޑުން 2،000 ޑޮލަރުގެ މުއާމަލާތް ކުރެވޭނެ އެވެ. 
ބެންކު އޮފް މޯލްޑިވްސް އިން ކޮށްފައިވާ ޕޯސްޓް
އޭގެ އިތުރަށް ރާއްޖެއިން ފުރާ ކޮންމެ ދިވެއްސަކަށް ބީއެމްއެލް އިން ދޫކުރާ 500 ޑޮލަަރު ވެސް ހައްޖުވެރިންނަށް ވިއްކަމުންދާނެ އެވެ. 
ހައްޖަށްދާ މީހުންނަށް ޑޮލަރު ލިމިޓް އިތުރުކޮށްފައިވާއިރު، ސަރުކާރުން ދަނީ ހައްޖުވެރިންނަށް ލުއިފަސޭހަވާނެ ގޮތްތައް ހަމަޖައްސަމުންނެވެ. މިގޮތުން ހައްޖަށްދާއިރު ލުއިތައް ލިބޭ، މައްކާ ރޫޓުގައި ދިވެހިރާއްޖެ ހިމަނާފައިވާކަމަށް މިދިޔަ ހުކުރުދުވަހު އިސްލާމިކް މިނިސްޓްރީން ވަނީ ބުނެފައެވެ.
މައްކާ ރޫޓް އިނީޝިއޭޓިވްއަކީ ހައްޖުވެރިން އަމިއްލަ ޤައުމުން ފުރުމުގެ ކުރިން، ދެ ޤައުމުގެ އިމިގްރޭޝަނުން ކުރަންޖެހޭ ކަންކަން އަމިއްލަ ޤައުމުގެ އެއަރޕޯޓްގައި ތިބެ ނިންމައިގެން ފުރުމެވެ. ނަތީޖާއަކީ ޖިއްދާގެ އެއާޕޯޓްގެ އިމިގްރޭޝަންގައި ޙައްޖުވެރިން މަޑުކުރަން ނުޖެހި ހޮޓަލަށް ދެވޭގޮތަށް ކަންކަން އިންތިޒާމް ވެގެން ދިއުމެވެ. އެގޮތުން ހައްޖުވެރިންގެ ލަގެޖްތައް ވެސް ލިބޭނީ ސީދާ ހޮޓަލަށެވެ. 
މައްކާ ރޫޓުގެ ފުރުޞަތު މިހާތަނަށް ދީފައިވަނީ މެލޭޝިއާ، އިންޑޮނޭޝިޔާ، ޕާކިސްތާނު ފަދަ ހައްޖުވެރިން އެންމެ ގިނަ ޤައުމުތަކަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ