ފިޒިއޯ ކްލިނިކަށް ތެރަޕީ ނަގަންދިޔަ ކުއްޖަކަށް އަނިޔާކުރި މައްސަލާގައި އެ ކުލިނިކް ގައި މަސައްކަތް ކުރި ދެ މީހަކު ހައްޔަރު ކޮށްފި އެވެ.
ފުލުހުން މިއަދު ބުނީ އެ މައްސަލައާ ގުޅިގެން ކޯޓް އަމުރެއްގެ ދަށުން ދެ މީހަކު ހައްޔަރު ކޮށްފައިވާ ކަމަށެވެ. މި މައްސަލައާ ގުޅިގެން ހައްޔަރު ކޮށްފައި ވަނީ އިންޑިއާގެ ދެ ރައްޔިތުންނެވެ. އެއީ އުމުރުން 24 އަހަރުގެ ދެ އަންހެނުންނެވެ.
އެ ދެ މީހުންގެ ނަން ވެސް ފުލުހުން ހާމަކުރި އެވެ.
Advertisement
ފުލުހުން ބުނީ އެ ދެ މީހުންގެ ބަންދާއިމެދު ގޮތް ނިންމަން ކޯޓަށް ހާޒިރު ކުރުމުން 15 ދުވަހު ބަންދުގައި ބަހައްޓަން އަމުރު ދީފައިވާ ކަމަށެވެ.
މި މަހުގެ ފަސްވަނަ ދުވަހު ހުޅުމާލޭގައި ހުންނަ ކްލިނިކަކަށް ތެރަޕީ ނަގަންދިޔަ ކުއްޖަކަށް ޖިސްމާނީ ގޮތުން އަނިޔާ ވެދާނެ ގޮތަކަށް އަމަލު ކޮށްފައިވާ ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއް ބަލަމުންދާ ކަމަށް ފުލުހުން އިއްޔެ ހާމަކުރުމުން ފިޒިއޯ ކްލިނިކުން ވަނީ ބަޔާނެއް ނެރެފަ އެވެ.
އެ ބަޔާނުގައި ބުނެފައި ވަނީ އެ މައްސަލަ ސަމާލުކަމަށް އައި ހިސާބުން ވަގުތުން ފިޔަވަޅު އެޅި ކަމަށެވެ. އަދި ކުއްޖާއަށް އަނިޔާވާފަދަ އަމަލެއް ކުރި މުވައްޒިފާއި އެ ވަގުތު އެެތަނުގައި ހުރި މުވައްޒިފު ވަޒީފާއިން ވަކިކޮށްފައިވާ ކަމަށެވެ.
މި މައްސަލަ ވަރަށް ސީރިއަސް މައްސަލައެއް ގޮތުގައި އެ ކްލިނިކުން ދެކޭ ކަމަށާ މައްސަލަ ބަލަން ވަގުތު ދިނުމުގެ ގޮތުން ވަގުތީ ގޮތުން ކްލިނިކް ބަންދު ކޮށްފައިވާ ކަމަށް ވެސް ވަނީ ބުނެފަ އެވެ.
އަދި އެ މައްސަލަ އެނގުނު ހިސާބުން ފުލުހުންގެ ސަމާލު ކަމަށް ގެނެސް އެ މައްސަލަ އާ ގުޅޭ ތަހުގީގަށް ސީސީޓީވީ ފްޓޭޖް ހަވާލުކޮށްފައިވާ ކަމަށް ވެސް ބުންޏެވެ. ކްލިނިކުން ބުނީ އެ މައްސަލައިގެ ތަހުގީގަށް ފުރިހަމަ އެއްބާރުލުން ދޭނެ ކަމަށެވެ.
ފިޒިއޯ ކްލިނިކުގައި ކުއްޖަކަށް އަނިޔާކުރުން: އިންޑިއާ ދެ މީހަކު ހައްޔަރު ކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ