ނޫސްވެރިކަމުގެ މިނިވަންކަމާއި ހިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ހައްގުގައި ކޮންމެ ދުވަހަކު އެމްޑީޕީން މުޒާހަރާ ކުރާނެ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު މިރޭ ވިދާޅުވެއްޖެ އެވެ.
"އަދަދު" ނޫހުން ދެއްކި ވީޑިއޯ ޑޮކިއުމެންޓްރީއަކާ ގުޅިގެން އެ ނޫހުގެ އިސް ދެ ވެރިން ކަމަށްވާ ހުސެއިން ފިޔާޒު މޫސާ އަދި ހަސަން އަހުމަދުގެ މައްޗަށް ޖިނާއީ ދައުވާ އުފުލައި، އެކަމާ ބެހޭ އެއްވެސް ވާހަކައެއް ނުދައްކަން ކްރިމިނަލް ކޯޓުން އަމުރު ނެރެފައިވެ އެވެ.
އަދި އެ އަމުރާ ހިލާފުވި ކަމަށް ކަނޑައަޅައި އެ ނޫހުގެ ދެ ނޫސްވެރިއަކު ޖަލަށްލާން ހުކުމްކޮށްފައިވެ އެވެ. އެކަމާ ދެކޮޅު ހެދުމުގެ ގޮތުން އެމްޑީޕީން ވަނީ މުޒާހަރާ ކުރަން ފަށައިފަ އެވެ.
އެމްޑީޕީން މާލޭގައި ކުރި މުޒާހަރާގައި، ބައިވެރިވެވަޑައިގެން ނަޝީދު ވިދާޅުވީ ގާނޫނުއަސާސީއިން ރައްޔިތުންނަށް ދީފައިވާ އެންމެ މުހިންމު ހައްގަކީ ނޫސްވެރިކަމާއި ހިޔާލުފާޅުކުރުމުގެ މިނިވަންކަން ކަމަށެވެ. އެ ހައްގަށް ހުރަސްއަޅާ ނަމަ، ރައްޔިތުންގެ ތަނަވަސްކަމާއި ފުދުންތެރިކަމަށް ލޮޅުންއަރާނެ ކަމަށެވެ.
"މިކަމުގައި އެމްޑީޕީން އިރާދަކުރެއްވިއްޔާ ކޮންމެ ދުވަހަކު ވެސް ތެދުވާނަން، އިޖުތިޖާޖު ކުރާނަން،" ނަޝީދު ވިދާޅުވި އެވެ.
The most trusted news source in the Maldives
ނަޝީދު ވަނީ މުޒާހަރާގެ ބައިވެރިންނާ އެކު މަޖީދީމަގުގައި ހިންގަވައިފަ އެވެ. އަދިވެސް މުޒާހަރާ ކުރިއަށްދާއިރު، އެމްޑީޕީގެ މުޒާހަރާއާ ކުރީގެެ ރައީސް އަބްދުﷲ ޔާމީންގެ ޕީއެންއެފް ސަޕޯޓަރުން ވެސް ވަނީ ގުޅިފަ އެވެ. އަދި ޖަލަށްލާފައިވާ ނޫސްވެރިންގެ އާއިލާއިން ވެސް މުޒާހަރާގައި ބައިވެރިވެ އެވެ.
އެމްޑީޕީން މާލޭގައި މުޒާހަރާ ކުރަމުންދާއިރު، ކުރީގެ ރައީސް ޔާމީން ވަނީ ނޫސްވެރިންގެ ދިފާއުގައި ނަޝީދާއި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ އެކު މަސައްކަތް ކުރައްވަން ނިންމާފައިވާ ކަމަށް މިއަދު ވިދާޅުވެފަ އެވެ.
ނޫސްވެރިންގެ ހައްގުގައި ކޮންމެ ދުވަހަކު މުޒާހަރާ ކުރާނަން: ނަޝީދު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ