މޭޑޭ މުޒާހަރާއަށް ގާސިމް ފަންޑު ކުރައްވާފައި ނުވާނެ: ނަވާޒް

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމްއަށް ފާޑުކިޔުން އަމާޒުވަނީ އެބޭފުޅާއަކީ ސިޔާސީ މައިދާނުގައި މުހިންމު ބޭފުޅަކަށްވާތީކަމަށް ކުރީގެ ކޮމިޝަނަރ އޮފް ޕޮލިސް އަދި ޕާޓީގެ ކައުންސިލް މެންބަރު އަބްދުﷲ ނަވާޒް ވިދާޅުވެއްޖެއެވެ.
ސަންގު ޓީވީގެ ”ހަބަރަށްފަހު“ ޕްރޮގްރާމްގައި އިދިކޮޅުގެ ރިޔާސީ ކެޑިޑޭޓު، ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް، ގާސިމް އަށް އަމާޒުކުރައްވާ ފާޑުކިޔުންތައް ފާހަގަކުރައްވާ، އެކަމުގެ ސަބަބަކީ ކޮބައިތޯ އެއްސެވުމުން ނަވާޒް ވިދާޅުވީ ގާސިމް އަށް ބޮޑެތި ފާޑުކިޔުންތައް އަމާޒުވުމުން ދޭހަވަނީ އެބޭފުޅާ ސިޔާސީ މައިދާނުގައި މުހިންމުވާ މިންވަރުކަމަށެވެ. އަދި އެއް ފަރުދަކާއި ދިމާލަށް ގިނަ ފާޑުކިޔުންތަކެއް އެފަދަ ގޮތަކަށް އަމާޒުވާ ސަބަބަކީވެސް އެއީކަމަށް ނަވާޒް ވިދާޅުވިއެވެ.
ކޮންމެ ރިޔާސީ އިންތިހާބަކާއި ގާތްވުމުން ސިޔާސީ ޕާޓީތަކުން އެންމެ ބޮޑު ހަމަލާތަކެއްވެސް އަމާޒުކުރަނީ ގަސިމްއަށްކަން ފާހަގަކުރައްވާ ނަވާޒް ވިދާޅުވީ އަނެއްކާވެސް މިއޮތީ އެކަން ފެށިފައިކަމަށެވެ.
ޖުމްހޫރީ ޕާޓީއިންވެސް އަދި ޕާޓީގެ ލީޑަރުވެސް މިފަދަ ފާޑުކިޔުންތަކާއި ގުޅުވައިގެން ރައްދު ދީފައިނުވާކަމަށް ނަވާޒް ވިދާޅުވިއެވެ. ނަމަވެސް ދާދި ފަހުން ޕާޓީ އަދި ގާސިމް އަށް ކުރެވުނު ބޮޑެތި ތުހުމަތުތަކާއި ގުޅިގެން ޕާޓީއިން ބަސް ބުނެފައިވާނީ ރައްޔިތުންނަށް ކަމުގެ ވާނުވަ ނުވަތަ ހަގީގަތް ސާފު ކޮށްދެއްވުމަށްކަމަށް ނަވާޒް ވިދާޅުވިއެވެ. އަދި މިއީ ގާބިލުކަމުގެ ސިފައެއްކަމުގައި ދޭހަވާފަދަ މޭރުމަކުން ވާހަކަދައްކަވާ ނަވާޒް ވިދާޅުވީ ގާސިމް އަކީ ގާބިލު، ސިޔާސީ ދާއިރާގައި ބޮޑެތި މަސައްކަތްތަކެއް ކުރައްވާފައި ހުންނެވި ބޭފުޅެއްކަމަށެވެ.
ބޭފުޅަކާއި ބެހޭ ގޮތުން ނުވަތަ ސިޔާސީ މައިދާނުގައި ހަމަ އެހެން ބޭފުޅުންނެކޭވެސް އެއްފަދައިން ބޮޑެތި މަސައްކަތްތަކެއް ކުރައްވާފަ ހުރި ގާބިލް ބޭފުޅަކު، ގާބިލް ބޭފުޅެއް ގާސިމް އިބްރާހީމަކީ، އެހެންވީމަ އެ ޒާތުގެ ތުހުމަތެއް ކުރެވޭއިރުގައި އަޅުގަނޑުމެންނަށްވެސް އެބަ ޖެހޭ  ކޮންމެވެސް ވަރަކަށް މިކަންކަމުގެ ހަގީގަތް އޮތްގޮތް ހާމަކުރަން
2015 ވަނަ އަހަރުގެ މެއި މަހުގެ ތެރޭގައި ”އަނިޔާވެރިކަން ނިންމަން“ މި ނަމުގައި މާލޭގައި ބޭއްވި ބޮޑު މުޒާހަރާގެ އިތުރުން، ރައީސް ޔާމީން އާއި ދެކޮޅަށް ކުރިއަށް ގެންދިޔަ އިހުތިޖާޖުތަކަށް ފަންޑުކުރީވެސް ގާސިމްކަމަށް ރައީސް ޔާމީން ތުހުމަތުކުރައްވާފައިވާތީ، އެކަން ފާހަގަކޮށް އެފަދަ ތުހުމަތުތަކެއް ކުރެވެންވީ ކީއްވެގެންތޯ ސުވާލުކުރުމުން ނަވާޒް ވިދާޅުވީ އެފަދަ ވާހަކަތަކެއް ފެންމަތިވުމުން އެއީ ހަމަ ހަގީގަތުގައިވެސް ކުރެއްވިކަމެއްތޯ ގާސިމްގެ އަރިހުން އެއްސެވިންކަމަށެވެ. އަދި އެފަދަކަމެއް ކޮށްފައިނުވާނެކަމަށް ގާސިމް ވިދާޅުވިކަމަށް ނަވާޒް ފާހަގަކުރެއްވިއެވެ. އަދި އެފަދަ ކަމެއް ކުރަން ރާވާފައިވެސް ނެތްކަމަށް ވިދާޅުވިއެވެ.
އަޅުގަނޑުހަމަ ކަނޑައެޅިގެން އިގެން ބޭނުންވިކަމެއް އެހާވަރުގެ ތުހުމަތުތަކެއް އެގޮތަށް ކުރެވުނީމަ، އޮނަރަބަލް ގާސިމް އިބްރާހީމް ހަމަ ހަގީގަތުގައިވެސް މިހިސާބަށް ދިޔައީތޯ؟ ކުރެއްވިކަމެއްތޯ؟ އަޅުގަނޑު ހަމަ އެހިން، ވަރަށް ސާފުކޮށް އެހިން. ހަގީގަތަކީ އެމަނިކުފާނު ނެތް މޭޑޭ މުޒާހަރާއަކަށް ފަންޑުކުރައްވާފައެއްވެސް
މޭޑޭގެ މުޒާހަރާގެ ތެރެއިން ބަޔަކު ހައްޔަރުކުރެވި، އަދި ޕްރޮސެކިއުޓްވެސް ކުރެވުނުކަމަށް ފާހަކޮށް، ނަވާޒް ސުވާލުކުރެއްވީ އޭގެން އެއްވެސް ހިސާބަކުން ގާސިމް ނަން އައިތޯއެވެ. ނަވާޒް ވިދާޅުވީ ގާސިމް އަކީ އެކަމާއި ދެކޮޅުވެސް ހެއްދެވި ބޭފުޅެއްކަމަށެވެ.
އިދިކޮޅު ކޮންގްރެސް ކޯލިޝަނުން ގަބޫލުކުރާ ގޮތުގައި ގާސިމް ބޭނުންފުޅު ވަނީ، އިދިކޮޅުގެ ލީޑަރު ރައިސް ޔާމީން ޖަލަށްލުމަށްފަހު، ޕީޕީއެމްގެ ރިޔާސީ ޓިކެޓު ހޯދުމަށެވެ. މިކަމާއި ގުޅިގެން ޖުމްހޫރީ ޕާޓީ އަދި ޕީޕީއެމް އާއި ދެމެދު ބަހުގެ ހަމަލާތަކެއްވެސް އަމާޒުކުރެވުނެވެ. މިކަމާއި ގޫލިގެން ޕީޕީއެމުން ބުނެފައިވަނީ މިހާރު މިއޮތް ރައީސުލްޖުމްހުރިއްޔާ އިބްރާހީމް މުހައްމަދު ސާލިހުގެ ވެރިކަން ގެނައުމަށްޓަކައި އެއްބާރުލުންދިން އެއްވެސް ފަރާތަކާއިއެކު ސިޔާސީ މަސައްކަތެއް ނުކުރައްވާނެކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ