ކުޅުދުއްފުށީ ސިޓީ ކައުންސިލުން ތަރައްގީކުރި ؛ހޮނިހިރު ބާޒާރު؛ ހުޅުވައިފި އެވެ. މިއަދު ހަވީރު ބޭއްވި ރަސްމިއްޔާތުގައި މި ބާޒާރު ހުޅުވައިދެއްވީ މޭޔަރު މުހައްމަދު އާތިފް އާއި ބޮޑުތިލަދުންމަތީގެ ކައުންސިލްތަކުގެ ރައީސުންނެވެ.
ބޮޑުތިލަދުންމަތީގެ ދަނޑުވެރިން އުފައްދާ ތަކެތި ވިއްކާ މި ބާޒާރު ހުޅުވުމުގެ ރަސްމިއްޔާތުގައި ށ ނޫމަރާ ކައުންސިލްގެ ރައީސް އިބްރާހިމް ފުއާދު، ށ ފީވަކު ރައީސް އަލީ ރަޝީދު ހަސަން، ށ ގޮއިދޫ ކައުންސިލްގެ ރައީސް ހުސައިން ޒިޔާދު، ހދ ނޮޅިވަރަންފަރު ކައުންސިލްގެ ރައީސް އަބުދުﷲ ނަދީމް، ހދ ކުމުންދޫ ކައުންސިލްގެ ރައީސް އަލީ ގާސިމް އަދި ހއ ފިއްލަދޫ ކައުންސިލްގެ ރައީސް މުހައްމަދު ހާމިދުގެ އިތުރުން އެރަށްރަށުގެ ކައުންސިލްތަކުގެ މެންބަރުން ބައިވެރިވެވަޑައިގެންނެވި އެވެ.
ސިޓީ ކައުންސިލުން ބޮޑު އިސްކަމެއްދީގެން ކުރިއަށްގެންދިޔަ މިތަން ތަރައްގީކޮށްފައިވަނީ ތަނުގެ އަސްލު ނުގެއްލޭނެހެންނެވެ.
19 އޯގަސްޓް 2025 ގައި އަމަލީ މަސައްކަތް ފެށި މި މަޝްރޫއަށް ޖުމްލަ 974,646 ރުފިޔާ ހަރަދުކޮށްފައިވެއެވެ. މިމަޝްރޫއުގެ މައިގަނޑު މަގްސަދަކީ ސިއްހީ ހިދުމަތްތަކަށާއި އަދި ތަފާތުއެކިއެކި ހިދުމަތްތައް ހޯދުމަށް ރަށަށް ޒިޔާރަތްކުރާ ފަރާތްތަކުގެ އިތުރުން ވިޔަފާރިވެރިންނަށް ފަހި މާހައުލެއް ބިނާކުރުމާއި، ސިޓީގެ ވިޔަފާރީގެ މައިނާރު ހަރުދަނާކޮށް، ރަށުގެ އަމިއްލަވަންތަކަން އަންނަން އޮތް ޖީލުތަކަށް ފޯރުކޮށްދިނުންކަމަށް ސިޓީ ކައުންސިލުން މައުލޫމާތުދެ އެވެ.
ހޮނިހިރު ބާޒާރު ހުޅުވުމުގެ ރަސްމިއްޔާތުގައި މޭޔަރު އާތިފް އަދި ބޮޑުތިލަދުންމަތީގެ ރަށްރަށުގެ ވެރިން ބައިވެރިވެވަޑައިގެންނެވި--ކޭއޯފޮޓޯ
ހޮނިހިރު ބާޒާރު ހުޅުވުމުގެ ރަސްމިއްޔާތުގައި މޭޔަރު އާތިފް އަދި ބޮޑުތިލަދުންމަތީގެ ރަށްރަށުގެ ވެރިން ބައިވެރިވެވަޑައިގެންނެވި--ކޭއޯފޮޓޯ
ބާޒާރުގެ ތާރީޚީ ފެށުން
މީގެ 22 އަހަރު ކުރިން ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް ހުޅުވުމާއެކު، އަތޮޅުތެރޭގެ ދަނޑުވެރިން އެމީހުންގެ އުފެއްދުންތައް ވިއްކުމަށް ހޮސްޕިޓަލް ސަރަހައްދުގެ ރުއްތަކުގެ ހިޔަލުގައި މަޑުކުރަން ފެށި ފެށުމަކީ މި ބާޒާރުގެ ފެށުމެވެ. ޒަމާނުއްސުރެ ތިލަދުންމަތީގެ 'އިގްތިސޯދީ ހަބް' އެއްގެ ގޮތުގައި އޮތް ކުޅުދުއްފުއްޓަށް، ހާއްސަކޮށް 2008 ވަނަ އަހަރު ރާއްޖެއަށް އައި ސިޔާސީ ބަދަލުތަކާއެކު، ދަތުރުފަތުރުގެ ނިޒާމުން ރަށްތައް ގުޅާލެވުމަކީ މި ބާޒާރަށް އައި އެންމެ ބޮޑު އެއް އިންގިލާބެވެ. 'ރަށުބަންދު' ވީއްލި، މުދަލާއި ހިދުމަތްތައް ފަސޭހައިން ބަދަލުކުރެވޭނެ މަގު ތަނަވަސްވުމުން، އަތޮޅުތަކުގެ ދަނޑުވެރިންނަށް އެމީހުންގެ އުފެއްދުންތައް މާކެޓްކުރުމަށް ރަނުގެ ފުރުސަތާއެކު މި ބާޒާރަށް ބޮޑު ކުރިއެރުމެއް ލިބިގެންދިޔައެވެ.
އިޖުތިމާއީ އަދި އިޤްތިސޯދީ މުހިންމުކަން
މި ބާޒާރަކީ ހަމައެކަނި ވިޔަފާރިކުރާ ތަނެއް ނޫނެވެ. މިއީ މުޅި ސަރަޙައްދުގެ އިޖުތިމާއީ ބަދަހިކަން ދައްކުވައިދޭ 'އީދެއް ފާހަގަ ކުރާ ތަނެކެވެ. ކޮންމެ ހޮނިހިރު ދުވަހަކު އަތޮޅުތެރޭގެ އާއިލާތައް އެކުގައި ޒިޔާރަތްކޮށް، ގާތްތިމާގެ މީހުންނާ ބައްދަލުވެ، ރަށުވަންތަ މެހެމާންދާރީގެ ތެރެއިން ވިޔަފާރީގެ މުޢާމަލާތްތައް ހިންގައެވެ. މިއީ ރާއްޖޭގައި މިހާ ފުޅާދާއިރާއެއްގައި ދިވެހި އުފެއްދުންތަކާއެކު ހިނގަމުން އަންނަ ހަމައެކަނި ބާޒާރެވެ.
މި ހާއްސަ ބާޒާރު މިގޮތުގައި ދެމިއޮތުމަކީ ރަށުގެ އިގްތިސޯދީ ކުރިމަގު އުޖާލާވެ، ރަށުގެ ދިރުން ދެމެހެއްޓުމަށް އޮތް އެންމެ ބޮޑު ބާރެވެ. ކައިރި އަތޮޅުތަކުގެ ދަނޑުވެރިންނަށް އެމީހުންގެ ތަކެތި މާކެޓުކުރަން އޮތް އެންމެ ބޮޑު ފުރުސަތަކީވެސް މި ބާޒާރެވެ.
މި ބާޒާރު މިގޮތުގައި ދެމިއޮތުމަކީ ރަށުގެ އިގްތިސޯދީ ކުރިމަގު އުޖާލާވެ، ރަށުގެ ދިރުން ދެމެހެއްޓުމަށް އޮތް އެންމެ ބޮޑު ބާރެވެ. އަދި ކައިރި އަތޮޅުތަކާއި އަތޮޅުތެރޭގެ ރަށްތަކުގެ ދަނޑުވެރިން ތަކެތި މާކެޓްކުރަން އެންމެ ބޮޑު ފުރުސަތު އޮތް ބާޒާރަކީ މި، ހޮނިހިރު ބާޒާރެވެ. މިއީ މި ސަރަހައްދުގެ ރައްޔިތުންގެ ހާއްސަ ހޮނިހިރު ބާޒާރެވެ.
އުންމީދަކީ މިއަދު ރަސްމީކޮން މި ހުޅުވުނު ބާޒާރާއެކު، މިސަރަހައްދު ބޭނުންކުރާ އެންމެހައި ރަށްޔިތުންނަށް ލުއިފަސޭހަކަން ލިބި އެކަކު އަނެކަކާ ބައްދަލުވެ، އުފާވެރި ވަގުތުތަކެއް ހޭދަކޮށް، އިޖުތިމާއީ ގުޅުން ބަދަހިވެ މި ބާޒާރުގެ ސަބަބުން ރައްޔިތުންގެ ދިރިއުޅުމަށް އިތުރު އުފާވެރިކަމެއް ލިބިގެންދިއުމެވެ. މިތަނުގައި ހިޔާވާނެ ބޮޑު ހަރުގެ އެއް ހަދާފައިވާއިރު ފާހާނާއަކާއި ގާތުންދޭ ކޮޓަރިއެއް ގާއިމުކޮށްފައިވެ އެވެ. އަދި ރާޒުވާ ކުޅޭނެ ބޯޑަކާއި ތަފާތު ދެ ވައްތަރެއްގެ ބެންޗުން ބަހައްޓާފައިވެ އެވެ.
ހޮނިހިރު ބާޒާރު ހުޅުވުމުގެ ރަސްމިއްޔާތުގެ ތެެރެއިން--ކޭއޯފޮޓޯ
ހޮނިހިރު ބާޒާރު ހުޅުވުމުގެ ރަސްމިއްޔާތުގެ ތެެރެއިން--ކޭއޯފޮޓޯ
ކުޅުދުއްފުށީގެ ތާރީޚީ 'ހޮނިހިރު ބާޒާރު' ޒަމާނީ ފެންވަރަށް ތަރައްގީކޮށް ހުޅުވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ