ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް އިދިކޮޅު އެމްޑީޕީން ވާދަކުރާ ކައުންސިލަރުންނާއި އަންހެނުން ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީ (ޑަބްލިއުޑީސީ) ގެ ރައީސް ހޮވައިފި އެވެ.
ބޯޑަށް މެންބަރުން ހޮވާ އިންތިހާބު އޮންނާނީ އަންނަ މަހުގެ 8 ގަ އެވެ. ވޯޓްލުން ކުރިއަށް ދާނީ އެ ދުވަހުގެ ހެނދުނު 10:00 އިން 4:00 އަށެވެ. އަދި ރަސްމީ ނަތީޖާ އިއުލާންކުރަން ހަމަޖެހިފައި ވަނީ އޮގަސްޓް 11 ގަ އެވެ.
އިދިކޮޅު އެމްޑީޕީން ވާދަކުރާނީ ކުޅުދުއްފުށީގެ މޭޔަރު މުހައްމަދު އާތިފް އާއި ނ. މަނަދޫ ކައުންސިލްގެ ރައީސް އަލީ ޒާފިރު އަދި ލ. ގަމު ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ނީނާ އެވެ.
ވެރިކަން ކުުރާ ޕާޓީ، ޕީއެންސީގެ ފަރާތުން ނެރޭ ދެ ކެންޑިޑޭޓުންނަކީ ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދާއި ށ. ފުނަދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމެޓީގެ ރައީސް މަރިޔަމް ޒީނާ އެވެ.
އެލްޖީއޭގެ ބޯޑަށް ވާދަކުރާ ކެންޑިޑޭޓުންގެ ނަންތައް ހުށަހެޅުމުގެ މުއްދަތު ވަނީ މިއަދު ހަމަވެފަ އެވެ.
އެލްޖީއޭގެ ބޯޑުގައި މިހާރު ހިމެނެނީ އެ ބޯޑުގެ ރައީސް، ފިނޭންްސް މިނިސްޓަރު ހަސަން ޒަރީރު، ނައިބު ރައީސް ފާތިމަތު ނިއުމާ، ސީއީއޯ މުހައްމަދު ނިމާލު، ބޯޑު މެންބަރު ފާތިމަތު ޒީނާ އަލީ، ބޯޑު މެންބަރު މުހައްމަދު އާޒާދު އަދި ބޯޑު މެންބަރު އަޒްހާ ޒަމީރު އެވެ.
އެލްޖީއޭގެ ބޯޑަށް އެމްޑީޕީން ވާދަކުރާނީ ކުޅުދުއްފުށީ މޭޔަރު އާތިފް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ