ގދ. ގައްދޫ ކައިރީގައި އޮންނަ "ލޮނަދޫހުއްޓާ" ނަމަކަށް ކިޔާ ފަޅު ރަށަކަށް ދިޔަ މީހަކު ގެއްލިގެން ހޯދަން ފަށައިފިއެވެ.
ލޮނަދޫހުއްޓާއަކީ ރިސޯޓެއް ތަރައްޤީކުރުމަށް ދޫކޮށްފައި އޮންނަ ރަށެކެވެ. ގައްދޫ ކައުންސިލްގެ ރައީސް މަޢުލޫމާތު ދެއްވިގޮތުގައި، އެ ރަށަށް ދިޔަ ތިން މީހުންގެ ތެރެއިން އެކަކު ގެއްލިގެން ހޯދުމުގެ މަސައްކަތް ކައުންސިލާއި ގައްދޫ ޕޮލިސް ސްޓޭޝަނާއި ރައްޔިތުން ގުޅިގެން މިހާރު ދަނީ ކުރަމުންނެވެ.
ގެއްލިގެން ހޯދަމުން ދަނީ ގައްދޫއަށް ނިސްބަތްވާ ފިރިހެނެކެވެ.
މީގެއިތުރުން، އެމީހުން ރަށުން ފުރީ މަސްވެރިކަން ކުރުމަށް ކަމަށާއި މިއަދު މެންދުރުފަހު 14:00 ހާއިރު އެމީހުން ލޮނަދޫހުއްޓާއަށް ފޭބި ކަމަށް މަޢުލޫމާތު ލިބިފައިވީނަމަވެސް، ފޭބި ސީދާ ސަބަބެއް އަދި ނޭނގެއެވެ.
ކައުންސިލުން ބުނީ، ގެއްލުނު މީހާ ހޯދަން އޭނަޔާއި އެކު ދިޔަ މީހުން މިއަދު ހަވީރު 15:00 ހާއިރު ފަށާފައިވާކަމަށާއި ނަމަވެސް، އިދާރާތަކަށް މި ހާދިސާގެ މަޢުލޫމާތު ލިބިފައިވަނީ މިރޭ އިރުއޮއްސި 18:25 ހާއިރު ކަމަށެވެ.
ފުލުހުންނާއި ރަށުގެ ބައެއް މީހުން މިހާރު އެ ރަށަށް ގޮސް، އޭނާ ހޯދުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.
ގައްދޫ ކައިރީ އޮންނަ ފަޅުރަށަކަށް ދިޔަ މީހަކު ގެއްލިގެން ހޯދަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ