މިދިޔަ އަހަރުގެ ރޯދަ މަހާ ދިމާކޮށް، ކާބޯތަކެތީގެ އަގުތައް ފަސޭހައިން ބަލައިލެވޭ ގޮތަށް އިކޮނޮކިމް މިނިސްޓްރީން ތަރައްގީކުރި "އަގުމަގު" ޕޯޓަލްގެ އެޕް ލޯންޗުކޮށްފި އެވެ.
އަގުމަގު ޕޯޓަލްއިން މިވީހާ ތަނަށް ފެނުނީ މާލޭ ސަރަހައްދުގައި ހުންނަ ފިހާރަތަކުން ތަކެތި ލިބޭ އަގުތަކެވެ.
Enterprise Development Industrial Pvt Ltd
MU STORE
MU STORE
Yes Maldives Pvt Ltd
Villa College
ނަމަވެސް އެޕް ލޯންޗުކުރިއިރު، އަތޮޅުތެރޭގެ ގިނަ ފިހާރަތަކެއް ވަނީ ހިމަނާފަ އެވެ. މިއާ އެކީ އެކި ރަށްރަށުގައި ތަކެތީގެ އަގުތައް އަޅައިކިޔުމުގެ ފުރުސަތު ވެސް ލިބެ އެވެ. އަގުމަގު އެޕްގައި ހުރި މައުލޫމާތުން ދައްކާ ގޮތުގައި އެ އެޕް ބޭނުންކޮށްގެން 16 އަތޮޅެއްގައި ހުރި 222 ފިހާރައަކުން 119 ބާވަތެެއްގެ އަގު ބަލައިލެވެ އެވެ.
އަގު ފެންނަ ބާވާތްތަކުގެ ތެރޭގައި އަސާސީ ކާބޯތަކެތީގެ ގޮތުގައި ކަނޑައަޅާފައިވާ 26 ބާވަތާއި މޭވާ އާއީ ތަރުކާރީ އާއި މަހާއި މަހުގެ އުފެއްދުންތަކުގެ އިތުރުން އާންމުކޮށް ގޭގައި ބޭނުންކުރާ ގިނަ ބާވަތްތަކުގެ އަގުތައް ފެންނަން ހުރެ އެވެ.
އަގުމަގު އެޕްގައި ހިމެނޭ އާ ފީޗާތަކުގެ ތެރޭގައި "ވޮޗްލިސްޓް" އަދި "ޝޮޕިން ލިސްޓް" ފީޗާ މެދުވެރިކޮށް ގަންނަން ބޭނުންވާ ތަކެތީގެ މިހާރުގެ އަގާއި، ވޭތުވި 10 ދުވަހުގެ ތެރޭގައި އަގަށް އައިސްފައިވާ ބަދަލުތައް ބަދަލުތައް ފެންނަން ހުރެ އެވެ.
މި ލިސްޓުތަކުގައި ހުންނަ ތަކެތީގެ އަގުތައް މޮނީޓާ ކުރެވެ އެވެ. އަދި ތަކެތީގެ އަގު ހެޔޮ ވުމުން، ނޫނީ ބޮޑު ވުމުން ނޫނީ ހުސްވިޔަސް ފޯނަށް އެލާޓު ވެސް އާދެ އެވެ.
ކާބޯތަކެތީގެ އަގުތައް ފެންނަ "އަގުމަގު" ޕޯޓަލްގެ އެޕް ލޯންޗުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ