ސިންތެޓިކް ޓްރެކްގެ މަސައްކަތް ކުރިއަށްދާތީ ސްޓޭޑިއަމްގެ ފުޓްބޯޅަ ދަނޑާއި ޓްރެކް ބޭނުންކުރުން މަނާކޮށްފި އެވެ.
އިންޑިޔާގެ ލައިން އޮފް ކްރެޑިޓް، އެލްސީއޯގެ ދަށުން އެގްޒިމް ބޭންކް މެދުވެރިކޮށް ގާއިމުކުރާ މި ސިންތެޓިކް ޓްރެކަކީ ބޮޑު މަޝްރޫއެއްގެ ތެރެއިން އެއް ޕްރޮޖެކްޓެވެ.
މި މަޝްރޫއުގެ އަމަލީ މަސައްކަތް ފެށުމާ ގުޅިގެން ކުޅުދުއްފުށީ ސްޓޭޑިއަމުން ނެރުނު އެންގުމެއްގައި ބުނީ، ސަލާމަތީ ސަބަބުތަކަށްޓަކާ އަދި މަސައްކަތް ހަލުވިކަމާއެކު ކުރިއަށްގެންދިޔުމަށް މަގުފަހިކުރުމަސް ބޮޑު ދަނޑާއި ޓްރެކް ނިމެނޭ ސަރަހައްދު ބޭނުން ނުކުރުމަށެވެ.
އެހެންވުމުން އެ މަސައްކަތް ނިމެންދެން އެ ސަރަހައްދަށް ވަދެ އުޅުމާއި ކުޅިވަރުގެ އެކި ހަރަކާތްތައް ހިންގުން މެދުކަނޑާލުމަށް އަންގާފައިވެ އެވެ. މި މަސައްކަތުގެ ސަބަބުން އެތަން ބޭނުންކުރާ ފަރާތްތަކަށް ދިމާވެދާނެ ދަތިތަކަށްޓަކާ މައާފަށް އެދޭކަމަށް އެ އެންގުމުގައިވެ އެވެ.
މިދިޔަ ސަރުކާރުގައި ހަމަޖެހުނު މި މަޝްރޫއުގެ އަމަލީ ފެށުމަށް އެ ސަރުކާރާއި މިސަރުކާރުގެ ވެރިން އެކި ތާރީޙްތައް ދީފައިވެ އެވެ.
މި މަޝްރޫއު ހިންގުމަށް ހަވާލުކޮށްފައިވަނީ ފެޑޯ ޕްރައިވެޓް ލިމިޓެޑް ނަމަކަށް ކިޔާ ކުންފުންޏަކާ މިއަހަރުގެ ޖެނުއަރީމަހު އެވެ. މި މަޝްރޫއަށް ހިންގާނެ ހަރަދެއް މިހާތަނަށް މިނިސްޓްރީން ހާމަކޮށްފައެއް ނުވެ އެވެ.
ސިންތެޓިކް ޓްރެކްގެ މަސައްކަތް ކުރިއަށްދާތީ ސްޓޭޑިއަމްގެ ފުޓްބޯޅަ ދަނޑާއި ޓްރެކް ބޭނުންކުރުން މަނާކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ