ބަންގްލަދޭޝްގެ އިންތިޚާބަށް އެމެރިކާއިން ނުފޫޒު ފޯރުވަނީ؟

އަންނަ އަހަރުގެ ކުރީކޮޅު ބަންގްލަދޭޝްގެ އާއްމު އިންތިޚާބު ބާއްވަން އެގައުމުގެ ވަގުތީ ސަރުކާރުން މަސައްކަތްކުރަމުންދާއިރު، އެގައުމުގައި ހަރަކާތްތެރިވާ އެމެރިކާގެ މަދަނީ ޖަމިއްޔާގެ ހަރަކާތްތަކާ ގުޅިގެން ބައެއް ފަރާތްތަކުން ކަންބޮޑުވުން ފާޅުކުރަން ފަށައިފިއެވެ.
ޑިމޮކްރަސީއާއި މީހުން ބިނާކުރުން ފަދަ ދާއިރާތަކުގައި ފާހަގަކޮށްލެވޭ މަސައްކަތްތަކެއް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ކުރަމުންދާ އިންޓަނޭޝަނަލް ރިޕަބްލިކަން އިންސްޓިޓިއުޓްއާއި، ނޭޝަނަލް ޑިމޮކްރަޓިކް އިންސްޓިޓިއުޓްގެ ހަރަކާތްތައް މިފަރާތްތަކުން ވަކިން ޚާއްސަކޮށް ފާހަގަކުރެއެވެ. މި ދެ ޖަމްއިއްޔާއިންވެސް ބަންގްލަދޭޝްގައި ފުޅާދާއިރާއެއްގައި މަސައްކަތްކުރެއެވެ.
ދެހާހުގެ ކުރީކޮޅުވެސް ބަންގްލަދޭޝްގެ ދާޚިލީ ކަންކަމުގެ ތެރެއަށް ވަންނަކަމަށް ބުނެ، މި ދެޖަމްއިއްޔާގެ މަސައްކަތްތައް އެގައުމުގައި ހުއްޓުވާފައިވެއެވެ. އެހެންނަމަވެސް އަނެއްކާވެސް ބަންގްލަދޭޝްގައި މި ދެޖަމްއިއްޔާއިންވެސް ޒުވާނުން ބާރުވެރިކުރުމުގެ ޕްރޮގްރާމްތަކާއި، އިންތިޚާބު މޮނިޓަރކުރުމަށް ނޫސްވެރިން ތަމްރީންކުރަމުން ގެންދާތީ، މިއީ އެގައުމުގެ ދާޚީލީ ކަންކަމުގެ ތެރެއަށް އެމެރިކާއިން އަތް ބޭނުމަށް ނުސީދާކޮށް ހިންގާ ނުފޫޒުގެ އަމަލެއްކަމަށް ބަންގްލަދޭޝްގެ ބައެއް ނުފޫޒުގަދަ މީޑިއާތަކުން ދަނީ ބުނަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ