ޒިއުރިކް، ސްވިޒަލެންޑް (ނޮވެމްބަރު 8) - ފުޓްބޯޅައިގެ ވަރުގަދަ ދެ ބައްރު ކަމަށްވާ ދެކުނު އެމެރިކާ އާއި ޔޫރަޕްގެ ޗެމްޕިއަނުންގެ މެދުގައި ކުޅޭ، "ފައިނަލިސިމާ" ގައި އާޖެންޓީނާ އާއި ސްޕެއިން ބައްދަލުކުރާ މެޗު އަންނަ އަހަރުގެ މާޗް މަހު ކުޅޭ ގޮތަށް ހަމަޖައްސައިފި އެވެ.
އެ ގޮތުން، ސްޕެއިނާއި އާޖެންޓީނާގެ ކުޅޭ "ފައިނަލިސިމާ" މެޗު ގަތަރުގެ ދޯހާގެ ލުސައިލް ސްޓޭޑިއަމްގައި ކުރިއަށްދާނީ އަންނަ އަހަރުގެ މާޗް މަހު 28 ވަނަ ދުވަހު އެވެ. މިއީ، ސްޕެއިނުގެ ލަމީން ޔަމާލް އާއި އާޖެންޓީނާގެ ލިއޮނަލް މެސީ، އެއް މެޗެއްގައި ކުޅޭނެ ފުރަތަމަ ފަހަރެވެ.
އެންމެ ފަހުން، "ފައިނަލިސިމާ" މެޗެއް ކުޅެފައިވަނީ، 2022 ވަނަ އަހަރު އެެވެ. އެ ފަހަރު ޔޫރަޕްގެ ޗެމްޕިއަން އިޓަލީ އަތުން 3-0 އިން މޮޅުވެ، ތަށި އުފުލާލީ އާޖެންޓީނާ އިންނެވެ. މިއީ، ދެކުނު އެމެރިކާގެ ގައުމުތަކުގެ މެދުގައި ކުޅޭ ކޮޕަ އެމެރިކާގެ ޗެމްޕިއަނުންނާއި ޔޫރަޕްގެ ގައުމުތަކުގެ މެދުގައި ކުޅޭ ޔޫރަޕްގެ ޗެމްޕިއަނުން މެޗެއްގައި ނުކުތް ތިން ވަނަ ފަހަރެވެ.
އެ ގޮތުން، އޭގެ ކުރިން، 1985 ވަނަ އަހަރު އުރުގުއޭ އަތުން ފްރާންސް މޮޅުވިއިރު، 1993 ވަނަ އަހަރު ޑެންމާކް އަތުން އާޖެންޓީނާ ވަނީ ޕެނަލްޓީ ޖަހައިގެން މޮޅުވެފަ އެވެ.
ސްޕެއިނާއި އާޖެންޓީނާ ކުޅޭ "ފައިނަލިސިމާ" މެޗު އަންނަ އަހަރު މާޗް މަހު ސްޕެއިނާއި އާޖެންޓީނާ ކުޅޭ "ފައިނަލިސިމާ" މެޗު އަންނަ އަހަރު މާޗް މަހު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ