ޖުމްލަ 12 މީހުންނާ އެކު ގދ. ފަރެސްމާތޮޑާއަށް ދަތުރުކުރި މުދާ އުފުލާ ބޯޓެއް، ރޭ ފަތިހު ވ. ފެލިދޫ ކައިރި ފަރަކަށް އަރައިފި އެވެ. އެއާ އެކު މިހާރު އެ ބޯޓުގެ ބޮޑު ބައެއް އޮތީ އަޑީގައި ކަމަށް އެމްއެންޑީއެފްއިން ބުނެފި އެވެ.
ވީ ކިހިނެއް؟ - މާލެއިން މުދާ ބަރުކޮށްގެން ދަތުރު ފެށި 'ފަހިރޯޅި' ނަމަކަށް އެ ބޯޓު ފުލިދޫ ކައިރީ ފަރަކަށް އަރާފައިވާ ކަމުގެ މައުލޫމާތު ފުލުހުންނަށް ލިބުނީ، ރޭ ފަތިހު 5 ޖަހާއިރު އެވެ.
ބުނީ ކީކޭ؟ - "ބޯޓު ފަރަށް އަރައި ބޯޓުގެ މައްޔާ ފަޅައިގެން ގޮސް ދިޔަވެ، ބޯޓުގެ ބޮޑު ބައެއް މިހާރު އޮތީ އަޑީގައި،" މި ހާދިސާއާ ގުޅޭ ގޮތުން ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވި އެވެ.
ފުލުހުން އިތުރަށް ބުނީ:
ފުލުހުންގެ އެހީތެރިކަމާ އެކު ބޯޓުގައި ތިބި އެންމެން ވަނީ ފުލިދުއަށް ގެންގޮސްފައި
ބޯޓުގައި ތިބި 12 މީހުންނަކީ، ހަ ދަތުރުވެރިން (ދިވެއްސަކާއި ބިދޭސީއެއް) އާއި ކެޕްެޓަން އަދި ބޯޓުގެ ވެރިފަރާތާއި ހަތަރު ބިދޭސީ ފަޅުވެރިން
މި ހާދިސާ ހިނގި ގޮތް ފުލުހުން ދަނީ އިތުރަށް ބަލަމުން
މި ހާދިސާއާ ގުޅޭ އިތުރު ތަފްސީލެއް އަދި ނުލިބެ އެވެ.
12 މީހުންނާ އެކު ދަތުރުކުރި ބޯޓެއް ފަރަށް އަރައި، އަޑިއަށް ދަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ