ދައުލަތުގެ ހަޒާނާ ވަގުންގެ ކިބައިން ސަލާމަތް ކުރަންޖެހޭ

ދިވެހިރާއްޖޭގެ ތާރީހުގައި ނުހިގާވަރުގެ ބޮޑު ހިޔާނާތެއް ފާޅުގައި ރޯމާދުވާލު މުއިއްޒު ސަރުކާރުން ހިންގައިފި ކަމަށާއި 2.7 ބިލިއަން ރުފިޔާގެ ބޮޑު ކޮރަޕްޝަނެއް މި ހިންގާލީ ގައުމަށް ކޮން ނަމޫނާއެއް ދައްކަންތޯ ވިލިގިލި ދާއިރާގެ ކުރީގެ މެންބަރ ސައުދު ހުސައިން ސުވާލު އުފައްދަވައެވެ. 
2.7 ބިލިޔަން ބަހާލި ސްކޭމަކީ އަމިއްލައަށް މާލިއްޔަތު ގަވާއިދު ބަދަލުކޮށް ކޮރަޕްޝަނަށް ތަންމިނަށް ދޮރުހުޅުވާލައިގެން ބިޑުކުރުމަކާ ނުލާ ހިންގި ކޮރަޕްޝަނެއް ކަމަށާއި ރޭވިގެން ވަކިބަޔަކަށް ރައްޔިތުންގެ ޓެކުސް ފައިސާއިން ނާޖާއިޒް ފައިދާ ހޯދައިދީ އެ ފައިސާއިން ބައެއް ލިބިގަތުމަށް ރޭވިގެން ހިންގާފައިވާ ބޮޑު ހިޔާނާތެއް ކަމަށް ސައުދު ސިފަކުރައްވައެވެ.
މިހާވަރަށް ފާޅުގައި ވައްކަން ކުރަމުންދާއިރު ސިއްރުން ކިހާވަރަކަށް ވައްކަން ކުރާނެ ކަމާމެދު ސުވާލު އުފައްދަވަމުން ސައުދު ވިދާޅުވަނީ 2.7 ބިލިޔަން ބަހާލި ހިޔާނަތަކީ ފެށުމަގައިވެސް ބާތިލުކަމެއްކަމަށް އެނގިތިބެމެ ކޮންޓުރެކްޓަރުން ބައިވެރިވުމަކީ ނުހަނު ހިތާމަ ހުރިކަމެއް ކަމަށެވެ. 
2.7 ބިލިޔަން ރުފިޔާ ބަހާލި މައްސަލަ ކަމާއިބެހޭ ފަރާތްތަކުން އަވަހަށް ބަލަންޖެހޭ ކަމަށް ވިދާޅުވަމުން ސައުދު ވިދާޅުވީ އެހެން ނޫންނަމަ ވަރަށް ގިނަ ބަޔަކު ގާނޫނާއި ހިލާފްވެ އަދަބު ލިބިގެންދާނެ ކަމަށެވެ.
ދައުލަތް މި ހިޔާނާތުން ސަލާމަތް ކުރުމަށް އޭސީސީއިން އަވަސް ފިޔަވަޅު އަޅަންޖެހޭ ކަމަށާއި ދިވެހި ރައްޔިތުން،ގެ ޚަޒާނާ ވަގުންގެ ކިބައިން ދިފާއުކޮށް ސަލާމަތްކުރުމަށް އަވަސްވެ ގަންނަންޖެހޭ ކަމަށް ސައުދު ވިދާޅުވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ