ޕީއެންސީން ބާއްވާ ބައްދަލުވުމުން، ރާއްޖެ އޮތީ ކޮން ލީޑަރަކާއެކުކަން ސާފުކޮށް ފެންނާނެ: އަބްދުއްރަހީމް

އަންނަ ހުކުރު ދުވަހުގެ ރޭ ވެރިކަން ކުރާ ޕީއެންސީން ބާއްވާ ޖަލްސާއިން، ރާއްޖެ އޮތީ ކޮން ލީޑަރަކާ އެކީގައިކަން ވަރަށް ސާފުކޮށް ފެންނާނެ ކަމަށް އެ ޕާޓީގެ ޗެއާޕާސަން އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ މިއަދު ވިދާޅުވެއްޖެއެވެ. ޕީއެންސީން އަންނަނީ، ރައީސް ޑރ. މުޙައްމަދު މުޢިއްޒު ބައިވެރިވެވަޑައިގަންނަވާ ޚާއްސަ ބައްދަލުވުމެއް އަންނަ ހުކުރު ދުވަހުގެ ރޭ އޮންނާނެ ކަމަށް ބުނެ އެ ބައްދަލުވުމަށް މީހުންނަށް ދައުވަތު ދެމުންނެވެ. އެ ބައްދަލުވުމަށް މީހުންނަށް ދައުވަތު ދޭން ފެށުމުގެ ގޮތުން މިއަދު ހެނދުނު ބޭއްވި ރަސްމިއްޔާތަކަށް ފަހު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އަބްދުއްރަހީމް ވިދާޅުވީ، އެ ޖަލްސާއަށް ރައްޔިތުން އަންނާނީ ރައީސް މިހާތަނަށް ކޮށްދެއްވި މަސައްކަތަށް ޝުކުރުވެރިވާތީ ކަމަށެވެ. ރައީސް ޑރ. މުހައްމަދު މުއިއްޒާއި ޕީއެންސީގެ ޕީޖީ ލީޑަރު އިބްރާހިމް ފަލާހް: އަންނަ ހުކުރު ދުވަހުގެ ރޭ ޕީއެންސީން އަންނަނީ ޖަލްސާއެއް ބާއްވަން ތައްޔާރުވަމުން-- ފޮޓޯ/ ރައީސް އޮފީސް އެ ޖަލްސާގައި ރައީސް މުއިއްޒު ވާހަކަދައްކަވައި އެތައް އުންމީދެއް ރައްޔިތުންނަށް ދެއްވާނެ ކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ. މިދިޔަ ބުރާސްފަތި ދުވަހު، ސަރުކާރުން އަމިއްލަ ކުންފުނިތަކަށް 206 މަޝްރޫއު ހަވާލުކުރިކަން ފާހަގަކުރައްވައި އަބްދުއްރަހީމް ވަނީ، ޕީއެންސީގެ ބައްދަލުވުމަށް ރައްޔިތުން ދާނީ ވެރިކަން ހިނގާ މިސްރާބު ރަނގަޅު ކަމަށް ގަބޫލުކުރެވޭތީ އައު މުސްތަގުބަލަކަށް އުންމީދު ކޮށްގެން ކަމަށް ވިދާޅުވެފައެވެ. އެ މަނިކުފާނު ވިދާޅުވީ، ރައީސް މުއިއްޒާ އެކީގައި ރައްޔިތުން ބޭނުންވާ ތަރައްގީގެ މަންޒިލަށް ވާސިލުވެވޭނެ ކަމުގެ ޔަގީންކަން އެ ރައްޔިތުންނަށް އެބަ އޮތް ކަމަށެވެ. އެހެންވެ، އެ ޖަލްސާގައި މީހުން ބައިވެރިވާނީ އެ ޔަގީންކަން ރައީސަށް އިތުރަށް ކަށަވަރުކޮށްދިނުމަށާއި ވާދަވެރިން ދައްކާ 'އަސްލެއް ނެތް' ވާހަކަތައް ގަބޫލުނުކުރާކަން ސާބިތުކޮށްދިނުމަށް ކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ. އިރާދަކުރެއްވިއްޔާ އެރޭ ފެންނާނެ ދިވެހިރާއްޖެ އޮތް ގޮތް. ދިވެހިރާއްޖެ އޮތީ ކޮން ފިކުރެއްގައި ކަން. ކޮން ލީޑަރަކާ އެކީގައިކަން ވަރަށް ސާފުކޮށް، 14 ވަނަ ދުވަހުގެ ރޭ މިތަނުން [އާޓިފިޝަލް ބީޗުން] ފެނިގެންދާނެޕީއެންސީގެ ޗެއާޕާސަން އަބްދުއްރަހީމް އަބްދުﷲ ވާހަކަ ނިންމަވާލައްވަމުން އަބްދުއްރަހީމް ވިދާޅުވީ، ރާއްޖޭގެ މުސްތަގުބަލު މިހާރު ވަރަށް ސާފުކޮށް ފެންނަން އެބަ އޮތް ކަމަށެވެ. އޭގެ އިތުރުން، ޕީއެންސީގެ ޕާލިމަންޓްރީ ގުރޫޕުގެ ލީޑަރު އިބްރާހިމް ފަލާހު ވަނީ ހުކުރު ދުވަހުގެ ރޭ ބާއްވާ ޖަލްސާއާ ގުޅުވައި ނޫސްވެރިންނަށް މައުލޫމާތު ދެއްވާފައެވެ. ރައީސް މުއިއްޒާއި އަބްދުއްރަހީމް: ވިދާޅުވީ، ވިދާޅުވީ، ހުކުރު ދުވަހުގެ ރޭ ދިވެހިރާއްޖެ އޮތީ ކޮން ލީޑަރާ އެކީގައި ވަރަށް ސާފުކޮށް ފެންނާނެ ކަމަށް --- ފޮޓޯ/ ރައީސް އޮފީސް އޭނާ ވިދާޅުވީ މިހާތަނަށް އައިއިރު ހުރިހާ ޖަލްސާތައް ބޭއްވީ އެ ޕާޓީގެ ހަރުގޭގައި ކަމަށްވީ ނަމަވެސް މި ޖަލްސާ އެއަށްވުރެ ބޮޑު ތަނެއްގައި ބާއްވަނީ، އެއް ތަނަކުން ރައީސް މުއިއްޒާ ބައްދަލުކޮށް ޚާއްސަ ޝުކުރެއް ދެންނެވުމަށް ޕީއެންސީގެ ސަޕޯޓަރުން ބޭނުންވާތީއެވެ. ރައްޔިތުންގެ މަޖިލީހުގެ އިނގުރައިދޫ ދާއިރާގެ މެންބަރުކަން ވެސް ކުރައްވާ ފަލާހު ވިދާޅުވި ގޮތުގައި، އެ ޖަލްސާއަށް ރާއްޖޭގެ އެކި ހިސާބުތަކުން ގިނަ އަދަދެއްގެ ރައްޔިތުން އަންނާނެއެވެ. ނަމަވެސް، ސީދާ އަދަދެއް ވިދާޅެއް ނުވެއެވެ. މި ޖަލްސާއަށް ހުރިހާ ދިވެހީން އައުމަކީ ރައީސް މުއިއްޒުގެ ވަރަށް ބޮޑު އެދިވަޑައިގަތުމެއް ކަމަށް ފަލާހު ވަނީ ވިދާޅުވެފައެވެ. ޕީއެންސީން ޖަލްސާއެއް ބާއްވަން ތައްޔާރު ވަމުން އަންނައިރު، މި މަހު 17ގައި ސަރުކާރަށް ދެ އަހަރު ފުރުމާ ދިމާކޮށް ޖަލްސާއެއް ބޭއްވުމަށް އިދިކޮޅު އެމްޑީޕީން އަންނަނީ ތައްޔާރުވަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ