މި އަހަރު އެކްސިޑެންޓުތައް އިތުރުވިއިރު، ވައްކަމުގެ ރިޕޯޓުތައް މަދުވެއްޖެ
މި އަހަރުގެ އޮކްޓޫބަރު މަހުގެ ނިޔަލަށް ފުލުހުންނަށް ރިޕޯޓުކުރި އެކްސިޑެންޓުތައް، މިދިޔަ އަހަރާ އަޅައިބަލާއިރު އިތުރުވިއިރު، ރިޕޯޓުކުރި ވައްކަމުގެ މައްސަލަތައް މަދުވެއްޖެއެވެ. ފުލުހުންގެ ވެބްސައިޓުގައި އާންމުކޮށްފައިވާ ތަފާސްހިސާބުން ދައްކާ ގޮތުގައި މިދިޔަ އަހަރާއި މި އަހަރު ވެސް އެ މުއައްސަސާއަށް އެންމެ ގިނައިން ރިޕޯޓުކޮށްފައިވަނީ ވައްކަމުގެ މައްސަލަތަކެވެ. އަދި ދެވަނައަށް އެންމެ ގިނައިން ރިޕޯޓުކޮށްފައިވަނީ ޓްރެފިކް އެކްސިޑެންޓުތަކުގެ މައްސަލަތަކެވެ. މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ ނިޔަލަށް ރިޕޯޓުކޮށްފައިވަނީ ޖުމްލަ 2374 އެކްސިޑެންޓެވެ. ނަމަވެސް މި އަހަރުގެ އެ މުއްދަތުގައި 2487 ޓްރެފިކް އެކްސިޑެންޓް ފުލުހަށް ރިޕޯޓުކޮށްފައިވާއިރު، އެއީ 113 އެކްސިޑެންޓްގެ އިތުރުވުމެކެވެ. މި އަހަރާއި މިދިޔަ އަހަރުގެ ފުރަތަމަ 10 މަހުގެ އެކްސިޑެންޓުތަކަށް ބަލާއިރު: 2024 ޖެނުއަރީ: 263 ފެބްރުއަރީ: 267 މާޗް: 301 އޭޕްރިލް: 219 މެއި: 226 ޖޫން: 214 ޖުލައި: 210 އޮގަސްޓު: 203 ސެޕްޓެމްބަރު: 188 އޮކްޓޫބަރު: 283 2025 ޖެނުއަރީ: 234 ފެބްރުއަރީ: 295 މާޗް: 260 އޭޕްރިލް: 213 މެއި: 273 ޖޫން: 256 ޖުލައި: 198 އޮގަސްޓް: 239 ސެޕްޓެމްބަރު: 280 އޮކްޓޫބަރު: 239 ވައްކަމުގެ މައްސަލަތަކަށް ބަލާއިރު، މިދިޔަ މަހުގެ ނިޔަލަށް 2,886 މައްސަލައެއް ފުލުހަށް ރިޕޯޓުކޮށްފައިވެއެވެ. ނަމަވެސް، މިދިޔަ އަހަރުގެ މި މުއްދަތުގައި ވައްކަމުގެ 3122 މައްސަލަ ރިޕޯޓުކޮށްފައިވާ ކަމަށް ތަފާސްހިސާބުން ދައްކައެެވެ. ހުޅުމާލޭން މީހަކު ހައްޔަރުކުރުން: މި އަހަރުގެ ފުރަތަމަ 10 މަހު ވައްކަމުގެ 2،886 މައްސަލަ ރިޕޯޓުކުރި -- ފުލުހުންގެ ތަފާސްހިސާބުން މި އަހަރުގެ އިތުރުން، މިދިޔަ 16 އަހަރުގެ ތެރެއިން ކޮންމެ އަހަރެއްގައި ހުށަހެޅުނު މައްސަލަތަކުގެ އަދަދުތައް ވެސް ފެނެއެވެ. އެއިން ދައްކާ ގޮތުގައި އެންމެ ގިނައިން ހުށަހަޅައިފައިވަނީ ވައްކަމާއި މަސްތުވާތަކެތީގެ މައްސަލަތެކެވެ. މިދިޔަ 16 އަހަރުގެ ތެރޭގައި އެންމެ ގިނައިން ހުށަހަޅާފައިވާ މައްސަލަތައް ވައްކަން: 95،064 މަސްތުވާތަކެތި: 41،316 ޓްރެފިކް އެކްސިޑެންޓް: 40،240 ގެއްލިގެން ހޯދާ ތަކެތި: 27،158 މާރާމާރީ: 20،966 ރާއްޖޭގައި ޓްރެފިކް އެކްސިޑެންޓުތައް އިތުރުވަމުން އަންނައިރު، އެފަދަ ހާދިސާތަކުގައި އެތައް ބަޔަކަށް ބޮޑެތި އަނިޔާތައް ލިބި، ފުރާނަ ވެސް ދަނީ ގެއްލެމުންނެވެ. https://sun.mv/197305 އެކްސިޑެންޓުތައް އިތުރުވާތީ، މިދިޔަ އަހަރު ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ، ބާރު ސްޕީޑުގައި ދުއްވުމުގެ ސަބަބުން ހިނގާ އެކްސިޑެންޓުތައް މަދުކުރުމަށް ޓަކައި ހަރުކަށި ފިޔަވަޅުތައް އަޅައި ތަންފީޒު ކުރަން އިއްޔެ ކަމާ ބެހޭ އިދާރާތަކަށް އަންގަވައިފައެވެ. މީގެ އިތުރުން، މާލޭ ސަރަހައްދުގައި ކޮންމެ ފަސް މިނެޓަކުން ފުލުހަކާ ބައްދަލުވާ ގޮތަށް ފުލުހުންގެ ސިޔާސަތަށް ބަދަލު ގެނެސް، އެއަށް އަމަލުކުރަން ވެސް ފެށިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ