ވިލިނގިލީގައި އެކްސިޑެންޓުވެ، 26 އަހަރުގެ ޒުވާނަކު މަރުވެއްޖެ

ގއ. ވިލިނގިލީގައި އެކްސިޑެންޓުވެގެން ފަރުވާ ދެނިކޮށް، ޒުވާނަކު މިއަދު މަރުވެއްޖެއެވެ. މި ހާދިސާގައި މަރުވީ، ވިލިނގިލީ، ސޯސަން ވިލާ 26 އަހަރުގެ ވިކާޝް އަހުމަދެވެ. ފުލުހުން މީޑިއާތަކާ ހިއްސާކުރި މެސެޖެއްގައި ވަނީ، މިދިޔަ އަންގާރަ ދުވަހުގެ ރޭ 01:25 ހާއިރު ވިލިނގިލީގައި ޕެޓްރޯލް ކުރަމުން ދިޔަ ފުލުހުންނަށް, ސަމުގާ މަގުގައި ސައިކަލަކާއެކު ވެއްޓިފައި އޮތް މީހަކު ފެނިގެން ހޮސްޕިޓަލަށް ގެންދިޔަ ކަމަށެވެ. އޭނާ ވެއްޓިފައި ވަނީ، ގެއެއްގެ ފާރުގައި ސައިކަލު ޖެހި، އެކްސިޑެންޓު ވެގެން ކަމަށް ފުލުހުން ބުނެއެވެ. އޭނާއަށް ހޮސްޕިޓަލުގައި ފަރުވާ ދެނިކޮށް މަރުވީ މިއަދު ކަމަށް ފުލުހުން މައުލޫމާތުދެއެވެ. އެ މައްސަލަ ފުލުހުން އަންނަނީ ތަހުގީގު ކުރަމުންނެވެ. އޭނާގެ ކަށުނަމާދު ކޮށްފައި ވަނީ، މިއަދު މެންދުރު ނަމާދަށް ފަހު އާސަހަރާގައެވެ. ފުލުހުންގެ ތަފާސްހިސާބުން ދައްކާ ގޮތުގައި، މި އަހަރުގެ އޮކްޓޫބަރު މަހުގެ ނިޔަލަށް 2487 ޓްރެފިކް އެކްސިޑެންޓް އެ މުއައްސަސާއަށް ރިޕޯޓުކޮށްފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ