ސައުދީގައި ކިޔަވަން ދިވެހީންނަށް ދޭ 318 ސްކޮލަޝިޕަށް ކުރިމަތިލާން ހުޅުވާލައިފި

ސައުދީ އަރަބިއާއިން ދިވެހި ދަރިވަރުން ކިޔެވުމަށް 318 ސްކޮލަޝިޕަށް ކުރިމަތިލުމަށް ފުރުސަތު ހުޅުވާލައިފިއެވެ. ރާއްޖެއަށް ޚާއްސަކޮށްފައިވާ ސައުދީ އެމްބަސީން ކުރި އިއުލާނެއްގައި ވަނީ، އެ ގައުމުން ދިވެހި ދަރިވަރުންނަށް 11 ދާއިރާއަކުން ސްކޮލަޝިޕް ފުރުސަތުތައް ދޭނެ ކަމަށެވެ. އެ ދާއިރާތަކަކީ: ބިޒްނަސް މެނޭޖުމަންޓް މީޑިއާ ކޮމްޕިއުޓާ ސައިންސް ސްޓަޑީސް ލޯ ސައިންސަސް ތައުލީމީ ދާއިރާ ސޯޝަލް ސައިންސަސް ދަނޑުވެރިކަން އިކޮނޮމިކް އެންޑް ޕޮލިޓިކްސް އިންޖިނިއަރިން ދާއިރާ އިސްލާމީ ދާއިރާތައް އަރަބިކް ސްޓަޑީސް އެންޑް އަދާ ފޮރިން ލެންގުއޭޖަސް މި ސްކޮލަޝިޕްތަކަށް ވެބްސައިޓު މެދުވެރިކޮށް ހުށަހެޅޭނެއެވެ. ސައުދީގައި ހުރެގެން ކިޔެވުމުގެ އިތުރަށް، ރާއްޖޭގައި ހުންނަ އިންސްޓިޓިއުޓް އޮފް އިސްލާމިކް އެންޑް އެރެބިކް ސައިންސަސްގައި ހިލޭ ކިޔެވުމަށް ފުރުސަތު ހުޅުވާލާފައިވެއެވެ. އެގޮތުން ދެ އަހަރަށް ކުރިއަށްގެންދާ ޑިޕްލޮމާ އިން ލެންގުއޭޖް ޕްރިޕަރޭޝަން ކޯހަށް ކުރިމަތިލުމަށް މިހާރު ވަނީ ފުރުސަތު ހުޅުވާލައިފައެވެ. އެ ކޯހުގައި ބައިވެރިވެވެނީ ހަމައެކަނި ފިރިހެނުންނަށެވެ. އަދި ކޯހުގެ ކިޔެވުން ފަށާނީ އަންނަ މަހު 28ގައެވެ. އެ ކޯހަށް ވެސް ލިންކު މެދުވެރިކޮށް ރަޖިސްޓްރީކޮށް، ބައިވެރިވެވޭނެ ކަމަށް އެމްބަސީން ވަނީ ބުނެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ