ދިރާގު ދިވެހި ޕްރިމިއާ ލީގުގައި މިއަދު ހަވީރު ކުޅުނު މެޗުން ފަހަތުން އަރައި 2-1 އިން ބުރު ސްޕޯޓްސް ކްލަބް ބަލިކޮށް އޮޑި ސްޕޯޓްސް ކްލަބުން ލީގުގެ ދެ ވަނަ އަށް ޖެހިލައިފި އެވެ.
އެންމެ ފަހުގެ ދެ ވަނަ ޑިވިޝަނުގެ ދެ ޗެމްޕިއަނުން ރާއްޖޭގެ ފުރަތަމަ ޑިވިޝަނުގައި ވާދަކުރި ފުރަތަމަ މެޗުން އޮޑި މޮޅުވެ، އެ ޓީމުން ދެ ވަނަ އަށް ޖެހިލީ، ފަސް މެޗުން 13 ޕޮއިންޓާ އެކު އެވެ. އެއް ވަނައިގައި އޮތް މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނަށް ވަނީ ފަސް މެޗުން 15 ޕޮއިންޓް ލިބިފަ އެވެ. ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބުން މާދަމާރޭ ކްލަބް އީގަލްސް އަތުން މޮޅުވެއްޖެނަމަ ކުރިއަށް ޖެހިލެވޭނެ އެވެ.
ގަލޮޅު ދަނޑުގައި މިއަދު ހަވީރު ކުޅުނު މެޗުގައި ބުރުން ފުރަތަމަ ހާފު ނިންމާލީ ލީޑުގައި އޮވެ އެވެ. ބުރުން މެޗުގެ 37 ވަނަ މިނިޓްގައި ކުރި އެޓޭކެއްގައި އޭރިއާތެރެއިން މުހައްމަދު ނާއިމް އަށް ލިބުނު ބޯޅަ އޭނާ ވަނީ ހަމަޖެހިލައިފަައި ގޯލަށް ފޮނުވާލައިފަ އެވެ.
އޮޑި ޓީމުގެ މުޒްދާން މިއަދުގެ މެޗުގެ ތެރެއިން ބޯޅަ ހިފައިގެން.--- ފޮޓޯ: ރާއިފް ޔޫސުފް / އަދަދު ސްޕޯޓްސް
ދެ ވަނަ ހާފުގައި ރަނގަޅު ފޯމެއްގައި ކުޅުނު އޮޑިން ނަތީޖާ ހަމަަހަމަކުރީ ދެ ވަނަ ހާފު ފެށިގެން ތިން މިނިޓް ތެރޭގަ އެވެ. މިއީ، މެޗުގެ 48 ވަނަ މިނިޓްގައި އޮޑީގެ އަހުމަދު އައިހަމް (އައިހު) ނަގައިިދިން ކޯނަރަކަށް އަރައި އަބްދުﷲ ލޫތު އިބްރާހިމް (ސާނޭ) ބޮލުން ޖެހި ގޯލެކެވެ.
އިތުރު ވަގުުތުގެ ފުރަތަމަ މިނިޓްގައި އޮޑި މޮޅުކޮށްދިން ގޯލު ޖެހީ މުޒްދާން ހަސަން އެވެ. އޭރިއާބޭރުން ލިބުނު ބޯޅައެއް މުޒްދާން ވަނީ ކޮންޓްރޯލް ކޮށްލުމަށް ފަހު ތިރިތިރިން ގޯލަށް ފޮނުވާލައިފަ އެވެ.
އޮޑިން މި ފަހަރުގެ ލީގުގައި ފުރަތަމަ ތިން މެޗުން މޮޅުވި ނަމަވެސް އެންމެ ފަހުން ކުޅުނު މެޗުން ވަނީ ލަނޑެއް ނުޖެހި އީގަލްސްއާ އެއްވަރުވެފަ އެވެ. އެކަމަކު، މި މެޗުން ބުރު އަތުން މޮޅުވުމުން އަލުން ފޯމަކަށް އެޅުމަށް ވަނީ ފަސޭހަވެފަ އެވެ.
ލީގުގެ ހަތަރު ވަނައިގައި ބުރު އޮތީ ފަސް މެޗުން ޕޮއިންޓާ އެކު އެވެ.
ދިވެހި ޕްރިމިއާ ލީގު: ފަހަތުން އަރައި ބުރު ބަލިކޮށް އޮޑި ދެ ވަނަ އަށް ދިވެހި ޕްރިމިއާ ލީގު: ފަހަތުން އަރައި ބުރު ބަލިކޮށް އޮޑި ދެ ވަނަ އަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ