އަވައްޓެރި އިންޑިއާގެ އެންމެބޮޑު އެއް އަމިއްލަ އެއާލައިން އިންޑިގޯއިން ޓްރިވެންޑްރަމުން މާލެއަށް ޑެއިލީ ދަތުރުތައް މިއަދު ފަށައިފިއެވެ.
އިންޑިގޯއިން ބުނީ ޓްރިވެންޑްރަމުން މާލެއަށް ކޮންމެ ދުވަހަކު ފްލައިޓެއް ބޭއްވުމަށް ނިންމީ އިންޑިއާ އާއި މާލެއާ ދެމެދު ދަތުރުކުރާ މީހުން އިތުރުވުމުން ޑިމާންޑަށް ބެލުމަށްފަހުކަމަށެވެ. އިންޑިގޯއިން ޓްރިވެންޑްރަމަށް ކުރާ ދަތުރުތަކުގައި ބޭނުންކުރަނީ އޭޓީއާރު 600-72 މަރުކާގެ ބޯޓެވެ.
ކޮންމެ ދުވަހަކު ކުރާ މި ދަތުރުގައި އިންޑިގޯ ފްލައިޓް ޓްރިވެންޑްރަމުން ނައްޓާލަނީ މެންދުރު 12:00 ގައެވެ. އެނބުރި ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓަށް ޖައްސަނީ 13:15 ގައެވެ. އެ ފްލައިޓް އެނބުރި ޓްރިވެންޑްރަމަށް ދާން ފުރަނީ 14:05 ގައެވެ. ޓްރިވެންޑްރަމަކީ އިންޑިގޯއިން ރާއްޖެއަށް ސީދާ ދަތުރުތައް ފެށި 4 ވަނަ ސިޓީއެވެ. މީގެ ކުރިން އިންޑިގޯއިން އަންނަނީ ބެންގަލޫރު، ކޮޗި، އަދި މުމްބާއީއަށް ދަތުރުތައް ބާއްވަމުންނެވެ.
އިންޑިގޯއިން މާލެއާ އިންޑިއާ އާ ދެމެދު މިހާރު ހަފްތާއަކު 28 ފްލައިޓް ބާއްވައެވެ. އަވއްޓެރި އިންޑިއާއިން ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު އިތުރުވަމުން އަންނައިރު، ކުރިއަށްއޮތީ ފަތުރުވެރިކަމުގެ ހައި ސީޒަންކަމުން އިންޑިއާގެ އެކި ކަންކޮޅުތަކުން ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު އިތުރުވާނޭކަމަށް ޓޫރިޒަމް ސިނާއަތުން ދެކެއެވެ.
އިންޑިގޯއިން ޓްރިވެންޑްރަމުން މާލެއަށް ޑެއިލީ ފްލައިޓް ފަށާފައިވާއިރު، ރާއްޖޭގެ ޤައުމީ އެއާލައިން މޯލްޑިވިއަނުން މިހާރުވެސް އިންޑިއާގެ ޓްރިވެންޑްރަމަށް ސީދާ ދަތުރުތައް ބާއްވައެވެ.
އިންޑިގޯއިން ޓްރިވެންޑްރަމުން މާލެއަށް ޑެއިލީކޮށް ދަތުރުތައް ފަށައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ